ކުރީގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) ޕުޖިތް ޖަޔަސުންދަރަ.. ފޮޓޯ: ނިއުސްވަޔަރ
ކުރީގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) ޕުޖިތް ޖަޔަސުންދަރަ.. ފޮޓޯ: ނިއުސްވަޔަރ
ދުނިޔެ 31 Jul 2026 | 17:17

ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ސްރީލަންކާގައި 2019 ވަނަ އަހަރު ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާތައް ހުއްޓުވުމަށް ފިޔަވަޅު ނޭޅި ކަމުގެ ކުށް ސާބިތުވެ އެ ޤައުމުގެ ކުރީގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) ޕުޖިތް ޖަޔަސުންދަރައަށް ކޮލޮމްބޯ ހައި ކޯޓުން މިއަދު މަރުގެ ޙުކުމް އިއްވައިފިއެވެ.

ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ. ޖަޔަސުންދަރައާ ދެކޮޅަށް ހުށަހެޅި 855 ދައުވާގެ ތެރެއިން 854 ދައުވާއެއް ސާބިތުވެފައިވެއެވެ. ނަމަވެސް އެ ބެންޗުގެ އެއް ފަނޑިޔާރު ތަފާތު ރައުޔެއް ނެރުއްވައި ދައުލަތުން އެކަށީގެންވާ މިންވަރަށް ހެކި ހުށަހެޅިފައި ނުވާ ކަމަށް ކަނޑައެޅުއްވިއެވެ.

ޙުކުމް އިއްވަވަމުން ފަނޑިޔާރު ފާހަގަކުރެއްވީ 2019 ވަނަ އަހަރުގެ އެޕްރީލް 20 ވަނަ ދުވަހުގެ ރޭ ދައުލަތުގެ ޖާސޫސީ އިދާރާގެ ޑައިރެކްޓަރު ނިލާންތަ ޖަޔަވަރުދެނަ ކެތަލިކް ފައްޅިތަކާއި ކޮލޮމްބޯ ހިސާބުގެ ޓުރިސްޓް ހޮޓެލްތަކަށް ޖާނުން ފިދާވެގެން ހަމަލާ ދޭން ރާވާފައިވާ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ޖަޔަސުންދަރައާ ހިއްސާ ކުރި ކަމަށެވެ.

"ކުށް ހުއްޓުވުމަށް ދައުލަތުން ޢައްޔަންކޮށްފައި ހުރި އޮފިސަރެއްގެ ޙައިސިއްޔަތުން އޭނާ ވަނީ ވާޖިބު އަދާކުރުމުގައި ނާކާމިޔާބުވެފައި" ފަނޑިޔާރު ޙުކުމް އިއްވަވަމުން ވިދާޅުވިއެވެ.

ޖަޔަސުންދަރައަކީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ސްރީލަންކާގެ 34 ވަނަ އައިޖީޕީގެ މަގާމުގައި ހުރި އޮފިސަރެވެ. އީސްޓާ ހަމަލާތަކާ ގުޅިގެން އޭނާ މަޖުބޫރީ ޗުއްޓީއަކަށް ފޮނުވާލިއެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހައި ކޯޓުގެ ޓްރައިލް އެޓް ބާ އިން ފުރަތަމަ ޖަޔަސުންދަރައާއި ކުރީގެ ޑިފެންސް ސެކެޓެރީ ހެމަސިރި ފެނާންޑޯ ދައުވާއިން ބަރީއަކުރިއެވެ. ނަމަވެސް ބަންޑާރަ ނައިބު އެ ނިންމުން އިސްތިއުނާފުކޮށް ސުޕްރީމް ކޯޓުން ކުރީގެ ބަރީއަކުރުން ޤާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި ޝަރީޢަތް ކުރިއަށް ގެންދިޔުމަށް އެންގިއެވެ.

2019 ވަނަ އަހަރުގެ އެޕްރީލް 21 ވަނަ ދުވަހު ފައްޅިތަކާއި މަތީ ފެންވަރުގެ ހޮޓެލްތަކަށް އަމާޒުކޮށް ދިން އެ ނިރުބަވެރި ހަމަލާތަކުގައި 260 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވެއެވެ. ހަމަލާތައް ހުއްޓުވުމުގައި އިހުމާލުވި ކަމަށް ތުހުމަތުކޮށް ކުރީގެ ޑިފެންސް ސެކެޓެރީ ހެމަސިރި ފެނާންޑޯއާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް އަދިވެސް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
10 Oct 2026 ދުނިޔެ

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި

ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް އެއާލައިން، ސްރީލަންކަން އެއާލައިނުން ސައުދީގެ ވެރިރަށް ރިޔާދަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ. މިކަމާ ގުޅިގެން ސްރީލަންކަން އިން ބުނެފައިވަނީ ސައުދީއަ...

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ބަންދަށް 6 ދުވަސް ޖަހައިފި
07 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ބަންދަށް 6 ދުވަސް ޖަހައިފި

ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީގެ ބަންދަށް ކޮޅުނބުގެ މެޖިސްޓްރޭޓް ކޮޓުން 6 ދުވަސް މިއަދު ޖަހައިފިއެވެ. ޝިރާންތީގެ ބަންދަށް ކޯޓުން ހަ ދުވަސް ޖަހާފައިމިވަނީ، ކޮރަޕްޝަނާއި...

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި
03 Oct 2026 ދުނިޔެ

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި

ތިމާވެއްޓާ ރައްޓެހި ހަކަތައަށް ވާސިލުވުމަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިލެކްޓްރިކް އަދި ތެޔޮ މަދުން ހޭދަވާ އުޅަނދުތައް ބޭނުންކުރުމަށް އެ ގައުމ...

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް
01 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް

އާބާދީގައި ބައި މިލިއަނެއްހާ މީހުން ދިރިއުޅޭ ކުޑަކުޑަ ދިވެހިރާއްޖެއިން އެތައް ބިލިއަން ޑޮލަރެއްގެ ބިޔަ އިންވެސްޓްމަންޓެއް ގެނައިރު، އެއަށްވުރެ މާ ބޮޑު އިޤްތިޞާދަކާއި ވަސީލަތްތައް ހުރި ސްރީލަންކާއަށް އ...

އިންޑިއާއިން ސްރީލަންކާއަށް 3 ޓަނުގެ ޓީބީ ބޭސް ފޮނުވައިފި
29 Sep 2026 ދުނިޔެ

އިންޑިއާއިން ސްރީލަންކާއަށް 3 ޓަނުގެ ޓީބީ ބޭސް ފޮނުވައިފި

އިންޑިއާއިން ސްރީލަންކާއަށް ގާތްގަނޑަކަށް 3 ޓަނުގެ ޓީބީ އަށް ފަރުވާކުރާ ބޭސް ފޮނުވައި، އެ ގައުމުގެ އާންމު ސިއްހީ ނިޒާމަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަލުން ދީފިއެވެ. އިންޑިއާގެ އެކ...