ތ.މަޑިފުށި މޮނިޓަރިންއަށް!
ކޯވިޑް-19އަށް މީހަކު ޕޮޒިޓިވް ވެ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތ. މަޑިފުއްޓަށް އަރާ ފޭބުން މަނާކޮށްފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ތ. މަޑިފުށިން ވޭމަންޑޫއަށް ދަތުރުކުރި މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ޕޮޒިޓިވް ކޭސްތައް ގިނަވެ، ވޭމަންޑޫ ކްލަސްޓަރގެ ތެރެއިން، އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމުން، ތ. ކިނބިދޫވެސް ވަނީ އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.
ކިނބިދޫއިން ޕޮޒިޓިވް ކޭސްތަކެއް ފެނުނީ އެރަށު ހަތަރު މީހެއްގެ ކިބަިއގައި ބަލީގެ އަލާމާތްތައް ހުރުމުން، ނެގި ސާމްޕަލްތަކުން ކޮވިޑަށް ޕޮޒިޓިވް ވުމުންނެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް