މަހާޒު ލިޔުއްވި ޚުލާސާ ތަފްސީރު ފޮތް
މަހާޒު ލިޔުއްވި ޚުލާސާ ތަފްސީރު ފޮތް
ހަބަރު 17 Oct 2023 | 09:15

ފަނޑިޔާރު މަހާޒް ލިޔުއްވި ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރުގެ ފުރަތަމަ ފޮތް ނެރެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވާފައިވާ "ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު" ފުރަތަމަ ވޮލިއުމް ފޮތް ނެރެފިއެވެ.

ދިވެހި ބަހުން ފަސޭހައިން ދޭހަވާނެ ގޮތަށް ލިޔުއްވާފައިވާ މިފޮތް ނެރެފައިވަނީ މިއަދުއެވެ.

މި ތަފްސީރާއި ގުޅޭގޮތުން ފަނޑިޔާރު މަހާޒު އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ތަފްސީރު ނިމޭ އިރު އޮންނާނީ 06 ވޮލިއުމަށެވެ. އަދި ނެރޭ ކޮންމެ ފަސްފޮތަކީ ވޮލިއުމް އަކަށްވާއިރު، ފުރަތަމަ ވޮލިއުމަކީ 444 ސަފުހާގެ ވޮލިއުމެކެވެ.

"މި ފޮތް ލިޔުމުގަ ސައޫދީ ސަރުކާރުން ޝާއިއު ކޮށްފައިވާ، "އައްތަފްސީރުލް މުޔައްސިރު" އާއި "އަލްމުޚްތަޞަރު ފީ ތަފްސީރިލް ޤުރާނިލްކަރީމް" އަށް ބަރޯސާވިން. އަދި ކަޘީރުގެ ތަފްސީރާއި ތަފްސީރު ޤުރުޠުބީ ފަދަ ތަފްސީރުތައް ވެސް އެކި މައުލޫއުތަކުގައި ބަލާފައިވާނެ." މަހާޒު ވިދާޅުވިއެވެ.

މަހާޒު އިތުރަށް ވިދާޅުވީ، މި ތަފްސީރުގައި ކޮންމެ އާޔަތެއްގެ ތަފްސީރު ލިޔެފައި އެ ވަނީ ފަރުވާތެރިކަމާއެކު އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދެވޭނެ ގޮތް ވިސްނައިގެން އެކަމަށް ސަމާލުކަން ދީގެން ކަމަށާ، ދީނީ މުސްކުޅި ބަހުރުވަ ދޫކޮށް، ސާފުކޮށް ތިލަ ޢިބާރާތް ބޭނުން ކުރުމަށް ބާރު އެޅުއްވި ކަމަށެވެ.

އަދި ލިޔުމުގައި ދެތިން ތަންކޮޅެއްގައި މެނުވީ މުޅިން ވެސް ބޭނުން ކޮށްފައި ހުންނާނީ ތާނަ އަކުރު ކަމަށްވާއިރު ޢަރަބި ލަޒުފުތައް ލިޔެފައި ހުންނާނީ ތިކިޖެހި ތާނައިން ކަމަށާ އެއީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގައި ތަފްސީރު ބޭނުން ކުރުމުގެ ފަސޭހައަކަށް އަދި ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ކުރެއްްވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފޮތް މި ވަގުތު މާލެ އާއި ހުޅުމާލޭގެ ނޮވެލްޓީ ބުކްޝޮޕުން ލިބޭއިރު ފޮތުގެ އަގަކީ 390 ރުފިޔާއެވެ. މަހާޒު ވިދާޅުވީ ލަސްތަކެއް ނުވެ ގުރުއާން އެމްވީ އެޕްލިކޭޝަނަށް މި ތަފްސީރު ފެންނާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.