މަސް މާރުކޭޓް؛ ފޮޓޯ / ވޮއިސް
މަސް މާރުކޭޓް؛ ފޮޓޯ / ވޮއިސް
ވިޔަފާރި 28 Sep 2026 | 16:40

އޮގަސްޓް މަހު ބާޒާރުގެ އަގުތައް 1.15 އިންސައްތަ ދަށަށް ގޮސްފި

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

ކަރަންޓާއި ވައިގެ ދަތުރުފަތުރުގެ ޚަރަދުތައް ދަށަށްދިއުމާ ގުޅިގެން މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ޖުލައި މަހާ އަޅާބަލާއިރު 1.15 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް އެސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް ދައްކުވައިދޭ  ތަފާސްހިސާބުތަކަށް ބަލާއިރު އޮގަސްޓް މަހު ކަރަންޓުގެ އަގު %3.21 ދަށްވެފައިވެއެވެ. ހަމައެއާ އެކު, ވައިގެ ދަތުރުފަތުރަށް ދައްކާ އަގުތައް %2.80 ކުޑަވެފައިވާއިރު ދުންފަތުގެ ބާވަތްތަކުގެ އަގު %25.45 ވެއްޓިފައިވެއެވެ. މި ތިން ދާއިރާގެ އަގުތައް ވެއްޓުމުގެ ސަބަބުން ޖުމްލަ އިންޑެކްސް ތިރިއަށް ޖެހިފައިވެއެވެ.

ނަމަވެސް، ބައެއް ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. ކިރާއި ކިރުގެ ބާވަތްތަކާއި ބިހުގެ އަގު %1.99 ބޮޑުވެފައިވާއިރު، މޭވާއާއި ތަރުކާރީން %1.19 އަދި މަހުގެ ބާވަތްތަކުން %0.83 ގެ އުފުލުމެއް ފެނިފައިވެއެވެ. ޚިދުމަތްތަކަށް ބެލި ނަމަވެސް ގެސްޓްހައުސްތަކުގެ އަގު %2.72 އަށާއި މުވާސަލާތީ ޚިދުމަތް %2.23 އަށާއި ޞިއްޙީ ޚިދުމަތް %0.99 އަށާއި އަދި ކެއިންބުއިމުގެ ތަންތަނާއި ހޮޓާތަކުގެ އަގު %0.68 މައްޗަށް ގޮސްފައިވެއެވެ.

މާލެއާއި އަތޮޅުތެރެ ވަކިން ބެލި ނަމަވެސް ސީޕީއައި ވަނީ ދެ ސަރަޙައްދުގައި ވެސް ދަށަށް ގޮސްފައެވެ. މާލޭގެ އަގުތައް ޖުލައި މަހާ އަޅާބަލާއިރު %1.57 ދަށަށް ގޮސްފައިވާއިރު، އަތޮޅުތެރޭގެ އަގުތައް ވަނީ %0.54 ދަށްވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބާޒާރުގެ އަގުތައް ފެންނަ "އަގުމަގު" އެޕްލިކޭޝަން ތައާރަފްކޮށްފި
16 Jul 2026 ހަބަރު

ބާޒާރުގެ އަގުތައް ފެންނަ "އަގުމަގު" އެޕްލިކޭޝަން ތައާރަފްކޮށްފި

ބާޒާރުގެ އަގުތައް އެއްތަނަކުން ފަސޭހައިން އެނގޭގޮތަށް އިކޮނޮމިކް މިނިސްޓްރީން ވުޖޫދަށް ގެނައި "އަގުމަގު" އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ. އަގުމަގު އެޕްލިކޭޝަނަކީ މާލޭ ބާޒާރުގެ އަގުތަކުގެ އިތުރުން އަތޮޅު...

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފި
15 Apr 2026 ހަބަރު

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފި

މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފިއެވެ. ބާޒާރުމަތީގެ ފިހާރަތަކުގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓުގައިވެސް ލުނބޯގެ އަގު ވަރަށް ބޮޑެވެ. ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ލުނބޫގ...

މެދުއިރުމަތީގެ މަސްރަހަށް އައި ނުތަނަވަސްކަމާއެކު، ރޯކަދުރުގެ އަގު ރެކޯޑް އަގަކަށް އުފުލިއްޖެ
24 Mar 2026 ވިޔަފާރި

މެދުއިރުމަތީގެ މަސްރަހަށް އައި ނުތަނަވަސްކަމާއެކު، ރޯކަދުރުގެ އަގު ރެކޯޑް އަގަކަށް އުފުލިއްޖެ

ބާޒާރުގައި މިއިން އަހަރަކު އަގު ނުއުފުލޭވަރަށް ރޯކަދުރުގެ އަގު އުފުލިއްޖެއެވެ. ބާޒާރުގައި ރޯކަދުރު ކިލޯއެއްގެ އަގު މިހާރު 400 ރުފިޔާއަށް އަރާފައިވާއިރު، ބައެއް ފިހާރަތަކުން ބުނީ މިއީ މިހާތަނަށް ރޯ ކަދ...

ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އަރައިފި
09 Mar 2026 ހަބަރު

ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އަރައިފި

މާލޭ ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އަރައިފިއެވެ. ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ތޮއްޑޫ ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާގައި ހުރިއިރު، ލ.އަތޮޅުގެ އިތުރުން ކަނޑޫދޫ ކަރާ ކިލޯއެއް...

މާލޭ ބާޒާރުގައި އޮރެންޖުގެ އަގު 6 ރުފިޔާއަށް ދަށަށް ހިނގައްޖެ
26 Feb 2026 ހަބަރު

މާލޭ ބާޒާރުގައި އޮރެންޖުގެ އަގު 6 ރުފިޔާއަށް ދަށަށް ހިނގައްޖެ

އަގުއަރައިގެންދިޔަ އޮރެންޖުގެ އަގު މާލޭ ބާޒާރުގައި ވަރަށްބޮޑަށް ދަށަށް ހިނގައްޖެއެވެ. މިފަހަރުގެ ރަމަޟާންމަސް ފެށުނުއިރު އަދި އޭގެ ކުރިންވެސް ބާޒާރުގައި އެންމެ އަގުބޮޑު ބާވަތެއްގެ ގޮތުގައި ފާހަގަކުރެވ...

ބާޒާރުން އަގުބޮޑުކޮށް ލިބޭ އޮރެންޖު އެސްޓީއޯގެ ފިހާރަތަކުން ހެޔޮކޮށް
21 Feb 2026 ހަބަރު

ބާޒާރުން އަގުބޮޑުކޮށް ލިބޭ އޮރެންޖު އެސްޓީއޯގެ ފިހާރަތަކުން ހެޔޮކޮށް

މާލޭ ބާޒާރުގައި މިއަދު އޮރެންޖެއްގެ އަގު 15 ރުފިޔާއަށް އަރައިފިއެވެ. ރޯދަމަސް ފެށުނުއިރުވެސް ބާޒާރުގައި ލިބުން އެންމެ ތަދު އަދި އެންމެ އަގުބޮޑު މޭވާގެ ތެރޭގައި އޮރެންޖު ހިމެނެއެވެ. ރޯދަ ފެށުނުއިރު ދަތ...