އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގަތުން/ ފޮޓޯ: އަވަސް
އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގަތުން/ ފޮޓޯ: އަވަސް
ހަބަރު 18 Jul 2023 | 15:53

އިދިކޮޅު ލީޑަރުން ހައިކޯޓުގައި 5 ގަޑިއިރު، ރައީސް ޔާމިނުގެ އިސްތިއުނާފު އޮތް ހިސާބެއް ނުބުނި!

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވ އާރަށު ހުކުމުގެ އިސްތިއުނާފު މައްސަލަ އޮތް ހިސާބެއް ބަލަން އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގެން 5 ގަޑިއިރު ހޭދަކުރައްވާފައިވާއިރު، އެ ކޯޓުން ޖަވާބުދީފައި ނުވާކަމަށް އިދިކޮޅުން ބުނެފި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިވަގުތު ގެންދަވަނީ މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމް ތަންފީޒު ކުރައްވަމުންނެވެ.

މި މަހުގެ 23 ގައި ރިޔާސީ އިންތިޚާބަށް ނަން ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ހުރަގޭގައި ހުންނެވުމަކީ އެމަނިކުފާނުގެ އިންތިޚާބީ ހައްޤަށް ހުރަސްއެޅިގެންދާނެ ކަމެއްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

އަދި ހައިކޯޓަށް އެބޭފުޅުން ވަޑައިގަންނަވަނީ އެ މައްސަލަ ނިމުމަކާއި ހަމަޔަށް އައިސްފައި ވަނިކޮށް، މަޑުޖައްސާލި ގޮތަށް ވީ މައްސަލައަށް ވީގޮތެއް ނޭނގޭތީ އެކަންކަން ސާފުކުރުމަށް ކަމަށް އިދިކޮޅު ލީޑަރުން ވަނީ ވިދާޅުވެފަ އެވެ.

މިއަދު ހައިކޯޓަށް ވަޑައިގެން އެތަނުގައި އިދިކޮޅު ލީޑަރުން ވަނީ 5 ގަޑިއިރު ހޭދަކުރައްވާފަ އެވެ. އެހެން ނަމަވެސް އެބޭފުޅުންނަށް އެކޯޓުން ސާފު ޖަވާބެއް ދެއްވާފައި ނުވާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އެގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން މެދުވެރިކޮށް ރައީސް ޞާލިހު އަންގަވައިގެން ރައީސް ޔާމިނުގެ މައްސަލައަށް ނުފޫޒު ފޯރުވާތީ އިދިކޮޅުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އަދި ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފު ލަސްކުރަނީ ސަރުކާރުގެ އޯޑަރަށް ކަމަށާއި، އެކަމާއި ގުޅިގެން އޮތް ކަންބޮޑުވުންތަކާއެކު ހައިކޯޓުގެ އިސް ފަނޑިޔާރާއި ބައްދަލުކުރުމަށް ސިޓީއަކުން އެދިފައިވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރިޔާސީ އިންތިޚާބަށް ކުރިމަތިލާން 5 ދުވަހަށް ވެފައި ވަނިކޮށް ރައީސް އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓު މިއޮތީ ޖަލުގައި. އިސްތިއުނާފުގެ މައްސަލަ އޮތީ ހައިކޯޓުގައި. މިވަގުތު އަޅުގަނޑުމެންނަށް މި އެނގެނީ ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ޗުއްޓީ ނަންގަވައިގެން އުޅުއްވާކަން. މީ ޗުއްޓީ ނަންގަވަން ޖެހޭ ވަގުތެއް ނޫން.. އެއަށްވުރެ ބޮޑު ގައުމީ މައްސަލައެއް ކުރިމަތިވެފައި މި އޮތީ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މިއަދު އިދިކޮޅު ލީޑަރުން ހައިކޯޓުން ވަޑައިގަތީ އެ ކޯޓުގެ އިސް ފަނޑިޔާރާއި ބައްދަލުކުރުމަށް އިދިކޮޅޔ ކޯލިޝަނުން އެދުނު ސިޓީއަށް އެ ކޯޓުން ޖަވާބުދިނުމުން ނެވެ. އެގޮތުން އެ ކޯޓުން ބުނީ އިދިކޮޅުން އެދިފައިވާ ކަންތައްތަކާއި ގުޅިގެން ކޯޓުން ޖަވާބެއް ދޭނެކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު އެބޭފުޅުންނާއި ބައްދަލުކުރައްވާނެކަމުގެ ޔަގީންކަން ހައިކޯޓުން ދީފައެއް ނުވެއެވެ.

އިދިކޮޅު ލީޑަރުން ބުނީ ރައީސް ޔާމިނުގެ އިސްތިއުނާފު މައްސަލަ ނިންމަންދެން އެ ކޯލިޝަނުން ހައިކޯޓަށް އަންނާނެކަމަށެވެ. އަދި ކަމާއި ގުޅުންހުރި އިދާރާތަކަށް ގޮސް އެ މައްސަލަ އޮތް ހިސާބެއް އޮޅުންފުލުވުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ރައީސް ޔާމިނުގެ އިސްތިއުނާފު މައްސަލަ ނުނިމި ދިގުލައިގެންދާތީ އޮތް ކަންބޮޑުވުންތަކާއެކު، އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް ޔާމިނަށް އިންސާފު ލިބެންދެން މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލައްވާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.