އަދުނާން އަކްތަރު
އަދުނާން އަކްތަރު
ދުނިޔެ 18 Nov 2022 | 07:16

ބޮޑެތި ތުހުމަތު ތަކެއް ކުރެވުނު ތުރުކިޔޭ މީހަކު 8،658 އަހަރަށް ޖަލަށް

ޖިންސީ ގޯނާއައި އެނޫންވެސް ބޮޑެތި ތުހުމަތު ތަކެއް ކުރެވުނު ތުރުކިޔޭގެ ކަލްޓު ލީޑަރެއް ކަމަށްވާ އަދްނާން އަކްތަރު 8،658 އަހަރަށް ޖަލަށް ލައިފިއެވެ.

އަދުނާން މަޝްހޫރުވެފައިވަނީ ގިނަ އަދަދެއްގެ އަންހެނުންގެ ވަރަށް ގަދަޔަށް މޭކަޕް ކުރުވައި، ކުރު ހެދުން ލައްވައިގެން އޭނާ ކައިރީ ބައިތިއްބައިގެން ދީނީ އަދި އެވޭލާ އުސޫލުތައް މީހުންނަށް ކިޔައިދީ، އެ އަންހެނުންނާއި އެކު ނަށައި ނާޗަރަންގީ ކުޅެ ޕްރޮގްރާމް ތައް ހުށަހަޅައިދޭ މީހެއްގެ ގޮތުގައެވެ. މިފަދައިން އޭނާ ގެންގުޅޭ އަންހެނުންނަށް އޭނާ ކިޔައި އުޅެނީ "ކިޓެންސް" ނުވަތަ ޅަ ބުޅަލެވެ. އޭނާ މި ޕްރޮގްރާމް ތައް ހުށަހަޅައިދީ އުޅުނީ އޭނާގެ އަމިއްލަ ޓީވީ ޗެނަލެއް މެދުވެރިކޮށެވެ.

މީގެ އިތުރުން، ހާރުން ޔަހުޔާ ގެ ނަމުގައި އެކި ބަސްތަކުން، ގިނަ ފޮތްތަކެއްވެސް އޭނާ ވަނީ ޕަބްލިޝް ކޮށްފައެވެ.

އޭނާގެ ޢަމަލު ތަކުގެ ސަބަބުން ދީނީ އިލްމުވެރިންނާއި ދީނަށް ލޯބިކުރާ މީހުން ދިޔައީ އޭނާއަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އުމުރުން 66 އަހަރުގެ އަދުނާން އާއި އޭނާއަށް ތަބައުވެ އެކީގައި އުޅެމުންދިޔަ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރު އެގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

އޭނާ ހައްޔަރު ކުރިފަހުން އެތައް އަންހެނުންނެއް ތަހްގީގަށް ކިޔައިދިން ގޮތުގައި އެކިއެކި ބޭނުންތަކުގައި އަދުނާން ކައިރިއަށް އެމީހުން ގެންދިއުމަށް ފަހު ތަފާތު ބޭސްތައްދީ ހެއަށް ގޮތްވުމުން އަދުނާން ވަނީ އެމީހުން ރޭޕް ކޮށްފައެވެ. އަދި އޭގެފަހުން އެމީހުން ބްލެކްމެއިލް ކޮށްގެން ވެސް އޭނާ ވަނީ އެމީހުން ރޭޕް ކޮށްފައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އަދުނާންގެ ފަރާތުން އަނިޔާ ލިބުނު އަންހެނުންގެ އަދަދު އެތައް ހާހަކަށް އަރާނެއެވެ.

އަދުނާން ހައްޔަރު ކުރުމަށްފަހު އޭނާ ހިންގަމުންއައި ޓީވީ ޗެނަލް ވަނީ ބަންދު ކޮށްފައެވެ.

އަދި 2021 ވަނަ އަހަރު އޭނާގެ މައްޗަށް ޖުމުލަ 10 ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ނުރައްކާތެރި ގޭންގުތައް ހިންގުމާއި،  ކުޑަކުދިން ރޭޕް ކުރުމާއި، ޖިނާސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމުގެ އިތުރުން އަނިޔާ ކުރުން ހިމެނެއެވެ.

އެ ހުރިހާ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެ އެ އަހަރުގެ ތެރޭގައި ތުރުކީގެ ދަށު ކޯޓުންވަނީ އޭނާ 1،075 އަހަަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ނަމަވެސް މަތީ ކޯޓަކުން ވަނީ އެ އަދަބު އަނެއްކާވެސް އިތުރު ކޮށްފައެވެ.

އެގޮތުން، މިދިޔަ ބުދަ ދުވަހު އިސްތަންބޫލްގެ ހައި ކްރިމިނަލް ކޯޓުންވަނީ އެ އަދަބު ބޮޑުކޮށް، 8،658 އަހަރަށް އޭނާ ޖަލަށް ލާން ހުކުމް ކޮށްފައެވެ. އަދި އޭނާގެ އިތުރުން އެ ގުރޫޕުގައި ހިމެނޭ އިތުރު 10 މީހަކު ވެސް ވަނީ 8،658 އަހަރަށް ޖަލަށް ލާފައެެވެ.

މި މުއްދަތަކީ ތުރުކިޔޭގެ އިތުރުން ދުނިޔޭގެ ކޯޓަކުން ވެސް މީހެއް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އެންމެ ދިގު މުއްދަތު ތަކުގެ ތެރޭގައި ހިމެނޭނެ މުއްދަތެއް ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި
25 Oct 2026 ހަބަރު

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި

އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި އިތުރު މައްސަލަތަކެއް؛ ތުހުމަތުވަނީ ކުރިންވެސް އެއްސުކޫލެއްގައި މަސައްކަތްކުރާ ޓީޗަރުންނަށް
25 Oct 2026 ހަބަރު

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި އިތުރު މައްސަލަތަކެއް؛ ތުހުމަތުވަނީ ކުރިންވެސް އެއްސުކޫލެއްގައި މަސައްކަތްކުރާ ޓީޗަރުންނަށް

ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލެއްގައި ދަރިވަރުން ތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، އެ ސުކޫލުގައި ޓީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާ ކޮށްގެން ދެ މައްސަލައެއް ހުށަހެޅުނު ކަމަށެވެ.

ސުކޫލެއްގެކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް؛ ބިދޭސީ ޓީޗަރެއް ހައްޔަރު
25 Oct 2026 ހަބަރު

ސުކޫލެއްގެކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް؛ ބިދޭސީ ޓީޗަރެއް ހައްޔަރު

މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކުވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަހަރަކު 20 މިލިއަން ކުޑަކުދިން އޮންލައިން މަންސަތަކުގައި ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ: ޔުނިސެފް
04 Sep 2026 ދުނިޔެ

އަހަރަކު 20 މިލިއަން ކުޑަކުދިން އޮންލައިން މަންސަތަކުގައި ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ: ޔުނިސެފް

ދުނިޔޭގެ 21 ޤައުމެއްގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ކުޑަކުދިން އޮންލައިން މަންސަތަކުގައި ޖިންސީ އަނިޔާ ނުވަތަ ޖިންސީ އެކްސްޕްލޮއިޓޭޝަނާ ކުރިމަތިލާން ޖެހޭ ކަމަށް އެކުވެރި ދައުލަތްތަކުގެ ...

ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަނީ
01 Sep 2026 ހަބަރު

ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަނީ

ސައުތު ސެންޓްރަލް ޕޮލިސްގެ ސަރަހައްދެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރެކޯޑުކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ ބައްޕައިގެ އިތުރުން ކުއްޖާގެ މަންމަގެ ބައިވެރިވ...

ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުނު ކަމަށް ތުހުމަތުވާ މީހާގެ ދައުވާތައް ނެގި ސަބަބު ޕީޖީން ސާފުކޮށްދީފި
23 Aug 2026 ހަބަރު

ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުނު ކަމަށް ތުހުމަތުވާ މީހާގެ ދައުވާތައް ނެގި ސަބަބު ޕީޖީން ސާފުކޮށްދީފި

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމަށް ތުހުމަތުކުރެވުނު ތ. ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ކުރި ދަޢުވާތައް އަނބުރާ ގެނައި ސަބަބު ޕީޖީން ސާފުކޮށްދީފިއެވެ. ޕީޖީ އޮފީހުން ބުނީ...