ފޮޓޯ/ އެޗްޑީސީ
ފޮޓޯ/ އެޗްޑީސީ
ވިޔަފާރި 18 Dec 2022 | 15:06

އެޗްޑީސީން މަމްސް އެންޖީއޯއާއި ގުޅިގެން ރައްޔިތުންނަށް ބޮޑު އެހީއެއް

އެޗްޑީސީއާއި މަމްސް އެންޖީއޯއާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި މަމްސް އެންޖީއޯގެ ފަރާތުން ސޮއިކުރެއްވީ ކޯ-ފައުންޑަރ ސިތްރާ މުހައްމަދެވެ.

މީގެ އިތުރުން އެޗްޑީސީގެ ފަރާތުން މަމްސް އެންޖީއޯއަށް ވަނީ ހިޔާ ފުލެޓުގެ ޔުނިޓެއް ހިލޭ ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެޗްްޑީސީން ބުނީ، މިއީ، އެޗްޑީސީގެ ސީއެސްއާރް އިނީޝިއޭޓިވްގެ ދަށުން އޮފީސް ސްޕޭސްއެއްގެ ގޮތުގައި، މަމްސް އެންޖީއޯއަށް ޑޮނޭޝަންގެ ގޮތުގައި ހަދިޔާ ކުރެވިފައިވާ ސާމާނުތަކާއި އަދި އެހެނިހެން ތަކެތި ސްޓޯކުރުމަށް ހާއްސަކޮށް ދީފައިވާ ޔުނިޓެއް ކަމަށް މި ޔުނިޓު ހުންނާނީ H8 ވަނަ ޓަވަރުގައި ކަމަށެވެ.

މީގެއިތުރުން، މަމްސް އެންޖީއޯ އިން ހިޔާ ފުލެޓުގައި ދިރިއުޅެމުންދާ އަންހެން ފަރާތްތަކާއި ގުޅުން ބަދަހިކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހާ އެޗްޑީސީއާއިއެކު ވަކި ކެމްޕެއިނެއްގެ ދަށުން އެހީތެރިވުމަށްވެސް އެއްބަސްވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އަދި މަމްސް އެންޖީއޯއަށް "ހޯޕް ފޮ މަމްސް" ކެމްޕެއިންގެ ދަށުން ލިބިފައިވާ ކޮންސްޓްރަކްޝަން ސާމާނުތައް ބެހެއްޓުމަށް އެޗްޑީސީގެ ވެއަރހައުސް ސްޕޭސްއެއް ކަނޑައަޅާދިނުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާއިރު ކެމްޕެއިންގެ ދަށުން އެޗްޑީސީގެ ޑިޒައިން ޓީމުން ގެތައް އެޅުމުގެ ޑިޒައިން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެއްބަސްވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބެނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯ އެކެވެ. ’މަމްސް އެންޖީއޯ’ ގެ މައިގަނޑު މަޤްޞަދަކީ ދިވެހި މަންމައިން ބާރުވެރިކުރުވުމެވެ. މިއީ މީސްމީޑިއާ ފޭސްބްކްގައި ’މަމްސް އެމްވީ‘ ގެ ނަމުގައި މަންމައިން އިސްވެ ހިންގާ ހަރަކާތެއްވެސް މެއެވެ. މި ގްރޫޕްގައި 39 ހާހަށްވުރެން ގިނަ މައިން ހަރަކާތްތެރިވެއެވެ. މިގޮތުން، ހާލުގައި ޖެހިފައިވާ އެކަނިވެރި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ، އަންހެނުން ވަކިން ޙާއްސަކޮށް އެކަނިވެރި މައިން މުޖްތަމާޢުގައި ބާރުވެރި ކުރުމަށް އެކި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ޖަމިއްޔާއެކެވެ. މިގޮތުން، ބެކް ޓު ސްކޫލް، މަމްސް އެކްސްޕޯ ފަދަ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ. މި ކޯޕަރޭޝަނުން ގަބޫލުކުރާގޮތުގައި މި އެއްބަސްވުމުގެ ދަށުން ބޭނުންޖެހިފައިވާ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވި މިކަމުގެ ސަބަބުން ހެޔޮބަދަލެއް މުޖުތަމައު ތެރޭގައި ފެނިގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފި
18 Oct 2026 ހަބަރު

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފި

އެޗްޑީސީން ބުނީ، މިހާތަނަށް ރެއިލިން ހަރުކޮށްދީފައިވަނީ 220 އެޕާޓްމަންޓެއްގެ ޖުމުލަ 273 ކުޑަދޮރުގައި ކަމަށެވެ. ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި
08 Oct 2026 ހަބަރު

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި

ހުޅުމާލޭގައި ހިންގާ ހޮތާ، ކެފޭ އަދި ޓޭކްއަވޭ ތަކުން ގަވާއިދާ ހިލާފަށް ހުޅުމާލޭ ދުވާރުމަތީ ގޮނޑިއާއި މޭޒު ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އި...

ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
07 Oct 2026 ހަބަރު

ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު

ހުޅުމާލެއިން ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ 12،000 އަށް ވުރެ ގިނަ ފްލެޓުގެ ތެރެއިން ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ދެބައިކުޅަ އެއްބައި ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ...