ފައިލޭރިޔާ ޖެހުމުނެ ފައި އާދަޔާ ޚިލާފަށް ދުޅަވޭ-- ފޮޓޯ: ލިވަޕޫލް ސްކޫލް އޮފް ޓްރޮޕިކަލް މެޑިސިން
ފައިލޭރިޔާ ޖެހުމުނެ ފައި އާދަޔާ ޚިލާފަށް ދުޅަވޭ-- ފޮޓޯ: ލިވަޕޫލް ސްކޫލް އޮފް ޓްރޮޕިކަލް މެޑިސިން
ހަބަރު 18 Dec 2023 | 07:48

ކުޅުުއްފުށިން ފައިލޭރިޔާ އަށް އިތުރު ދެ ބިދޭސީއަކު ފައްސި ވެއްޖެ

ހދ.ކުޅުުއްފުށިން ފައިލޭރިޔާ އަށް އިތުރު ދެ ބިދޭސީއަކު ޕޮސިޓިވް ވެއްޖެއެވެ.

އެހެންކަމުން މީގެކުރިން ފެނިފައިވާ ފައިލޭރިޔާ ޖެހިފައިވާ 17 ބިދޭސީންނާއި އެކު އެރަށުން 19 ބިދޭސީންގެ ގައިން ވަނީ ފައިލޭރިޔާ ފެނިފައެވެ.

ފައިލޭރިޔާ ޖެހިފައިވާ ބަޔަކު އެރަށުން ފުރަތަމަ ފެނުނީ ޑިސެންބަރު 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

މި ފަރާތްތަކަކީ މިހާރު ވެސް ފައިލޭރިޔާ ފެންނަމުންދާ ޤައުމަކުން އައިސްފައިވާ ބައެއް ކަމަށްވެސް އެ އެޖެންސީއިން ބުނެއެވެ.

ފައިލޭރިއާ ޖެހިގެން ކުޅުދުއްފުށިން ފަހުން ފެނިފައިވާ ދެ ބިދޭސީންނަކީ ކުރިން ފެނުނު ބިދޭސީންނާ އެކު ދިރިއުޅުނު މީހުން ބައްޔަށް ސްކްރީން ކުރުމުގެ ތެރެއިން ފެނުނު ބައެކެވެ.

ޕޮސިޓިވް ވި މީހުންގެ ބަލި ހުރިތޯ ޔަގީންކުރުމަށް އިތުރު ޓެސްޓުތައް ހެދުމާއި މި ޓެސްޓުން ޕޮސިޓިވް ވާ މީހުންނަށް ދޭންވާ ފަރުވާގެ ކަންކަން އިންތިޒާމުކުރަމުންދާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި މަޝްވަރާކުރަމުންދާކަމަށް އެ އެޖެންސީން ބުނެއެވެ.

ފައިލޭރިޔާ އަކީ އާއްމުކޮށް ހަޑި ފެނުގައި އާލާވާ ކިއުލެކްސް އޭ ކިޔާ މަދިރީގެ ބާވަތަކުން ފެތުރޭ ބައްޔެކެވެ. މިބަލީގެ އާންމު އަލާމާތަކީ ފައި ދުޅަވުން ނަމަވެސް، މި ބަލި ޖެހުމަށްފަހު އެތައްދުވަހެއް ވަންދެން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުރެއެވެ. އަދި ބަލިޖެހޭތާ ގިނަ ދުވަސްތަކަކަށްފަހު ހުންއައުމާއި ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ބަލިމީހާގެ ކިބައިން ފެނެއެވެ.

ފައިލޭރިޔާ އަކީ ރާއްޖޭން މީގެ ކުރިން ނައްތާލެވިފައިވާ ބައްޔެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް
17 Oct 2026 ހަބަރު

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް

ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ އެ ސައިކަލް ހައިވޭގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ފުލުހުން ޖަހާފައިވާ ބެރިކޭޑުގައި ޖެހުމަށްފަހު، އެވަގުތު ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ވަނީ ބާރަށް ޖެހިފައެވެ.

އަހަރު މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ
17 Oct 2026 ހަބަރު

އަހަރު މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެންސްޕާއަށް ކުރި ހޭދަ 503 މިލިއަން ރުފިޔާއަށް ވުތރެ އިތުރުވެފައިވާކަމަށް ދައްކައެވެ. މިއަހަރު އެންސްޕާއަށް ފާސްކޮށްދީފައިވަނީ، 3.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް
17 Oct 2026 ހަބަރު

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް

މި އެކްސިޑެންޓްގައި ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނުނުއިރު، ސައިކަލު އޮތީ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. މި ހާދިސާ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ނ. ފޮއްދޫގައި ބުޅާ ގިނަވެ، ދިރޭ ތަކެއްޗަށް ކާން އެޅޭނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައިފި
16 Oct 2026 ހަބަރު

ނ. ފޮއްދޫގައި ބުޅާ ގިނަވެ، ދިރޭ ތަކެއްޗަށް ކާން އެޅޭނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައިފި

ކައުންސިލުން ބުނީ ޖަނަވާރު ގެންގުޅުމުގައި އަމަލުކުރަންވާގޮތް ކައުންސިލުން އެންގިނަމަވެސް، ބައެއް ފަރާތްތަކުން އެގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން އާންމު ސަރަހައްދުތަކަށް ބުޅަލަށް ކާން އެޅުމާއި، އެކަމުގެ ސަބަބުން ސާފުތާހިރުކަން ގެއްލެމުން ދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާކަމަށްވެސް ބުންޏެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.