ޖަޕާނުގެ މަތިން ނަގާފައިވާ ފޮޓޯއެއް
ޖަޕާނުގެ މަތިން ނަގާފައިވާ ފޮޓޯއެއް
ދުނިޔެ 28 Jul 2026 | 09:51

ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.

މި ބިންހެލުން އައިސްފައިވަނީ އެ ޤައުމުގެ ގަޑިން ހަވީރު 4:27 ހާއިރު، ޖަޕާނުގެ ކިއުޝޫ ރަށަށެވެ. ބިންހެލުމުގެ ބާރުމިން ޖަޕާނުގެ އަމިއްލަ "ޝިންޑޯ" ސްކޭލްގެ އެންމެ މަތީ ދަރަޖަ ކަމަށްވާ ހަތެއްގައި ހުރި ކަމަށް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ. ބިންހެލުމާ ގުޅިގެން އެންމެ ފުރަތަމަ އެއް މީޓަރުގެ އުސް ސުނާމީއެއް އަރާފާނެ ކަމަށް ލަފާކުރި ނަމަވެސް، ބިންހެލުން އައިތާ ދެ ގަޑިއިރު ނުވަނީސް އެޖެންސީގެ ވެބްސައިޓް މެދުވެރިކޮށް ވަނީ ސުނާމީގެ އިންޒާރު އުވާލާފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ސަނާ އެޓަކައިޗީ ވިދާޅުވި ގޮތުގައި، މި ބިންހެލުމުގެ ސަބަބުން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާލިބި، ބައެއް އިމާރާތްތައް ވެއްޓި، އަދި ބައެއް ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފައެވެ.

މި ހާދިސާއާ ގުޅިގެން ޖަޕާނުގެ ނިއުކްލިއަރ ރެގިއުލޭޝަން އޮތޯރިޓީން ބުނީ، ބިންހެލުން އައި ސަރަހައްދުގައި ހުރި ނިއުކްލިއަރ ޕަވަރ ޕްލާންޓްތަކަށް އެއްވެސް ކަހަލަ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކިއުޝޫ އިލެކްޓްރިކް ޕަވަރ ކުންފުނިން ބުނި ގޮތުގައި، ބިންހެލުން އައި ވަގުތު އޮޕަރޭޓް ކުރަމުންދިޔަ ތިން ރިއެކްޓަރެއްގެ މަސައްކަތް އެއްވެސް މައްސަލައެއް ނެތި އާންމު ހާލަތުގައި ކުރިއަށްދެއެވެ.

ޖަޕާނަކީ ދުނިޔޭގެ ބިންހެލުންތައް އެންމެ ގިނައިން އަންނަ "ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ޤައުމަކަށް ވުމާއެކު، އަހަރެއްގެ މައްޗަށް އެތައް ސަތޭކަ ބިންހެލުމެއް އެ ޤައުމަށް އާދެއެވެ. ދުނިޔޭގެ ބިންހެލުންތަކުގެ ގާތްގަނޑަކަށް 18 އިންސައްތަ ހިއްސާކުރަނީ ޖަޕާނެވެ.

މީގެ ކުރިން 2011 ވަނަ އަހަރު އައި 9.0 ގެ ބާރުގަދަ ބިންހެލުމާއި ސުނާމީގައި 18،500 އަށްވުރެ ގިނަ މީހުން މަރުވެ، ފުކުޝީމާ ނިއުކްލިއަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހިތާމަވެރި ހާދިސާގެ ހަނދާންތައް އަދިވެސް އެ ޤައުމުގައި އާކުރެއެވެ.

މިއަހަރުގެ ޖޫން 25 ގައިވެސް ޖަޕާނުގެ އުތުރަށް 7.2 ގެ ބިންހެލުމެއް އައި އިރު، އޭޕްރިލް 20 ގައި އައި 7.7 ގެ ބިންހެލުމާ ގުޅިގެން 8.0 އަށްވުރެ ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމުގެ ޚާއްޞަ އިންޒާރެއްވެސް ކަމާބެހޭ ފަރާތްތަކުން ނެރުނެވެ. ނަމަވެސް އެ އިންޒާރު ވަނީ އެއް ހަފުތާ ފަހުން އުވާލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ޖަޕާނުގެ ސެކިއުރިޓީ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި
01 Oct 2026 ހަބަރު

ޖަޕާނުގެ ސެކިއުރިޓީ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަސްމީ ސެކިއުރިޓީ އެހީތެރިކަން ދިނުމާ މެދު ވިސްނަމުންދާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ޖަޕާނުގެ އެމްބަސީ ޤާއި...

ޖަޕާނުގައި 100 އަހަރުން މަތީ މީހުންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ
17 Sep 2026 ދުނިޔެ

ޖަޕާނުގައި 100 އަހަރުން މަތީ މީހުންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ

ޖަޕާނުގައި ޢުމުރުން 100 އަހަރު ފުރިފައިވާ މީހުންގެ ޖުމުލަ ޢަދަދު 107,677 އަށް އަރައި ދިގު ޢުމުރުގެ ރެކޯޑެއް ޤާއިމުކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް 8,000 މީހުންގެ އިތުރުވުމެކ...

އިންޑިއާ، ޖަޕާން އަނެއްކާވެސް ދިފާޢީ އިތުރު އެއްބަސްވުމަކަށް
22 Aug 2026 ދުނިޔެ

އިންޑިއާ، ޖަޕާން އަނެއްކާވެސް ދިފާޢީ އިތުރު އެއްބަސްވުމަކަށް

އިންޑިއާއާއި ޖަޕާނުން ދިފާއީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ކަނޑުގެ ސަލާމަތީ ކަންކަމާ ބެހޭ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖަޕާނުގެ ދިފާއީ...

ފަހަތުން އަރައި ޖަޕާނު ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
29 Jun 2026 ކުޅިވަރު

ފަހަތުން އަރައި ޖަޕާނު ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް

ފަހަތުން އަރައި ޖަޕާނު ބަލިކުރުމަށްފަހު ވަރލްޑްކަޕް ގަދަ 16 ގެ ޖާގައެއް ބްރެޒިލް ހޯދައިފިއެވެ. ވަރަށް ފޯޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެން ހައިރާން ކޮށްލުމަށްފަހު، އެންމެ ފުރަތަމަ ލަނޑު...

ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
25 Jun 2026 ހަބަރު

ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ފޭޝަލް ރިކޮގްނިޝަން ސިސްޓަމް" ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ. މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމ...

ދަނޑުގެ ފެންވަރު ދަށްވުމުގެ ސަބަބުން ޖަޕާނުން ވޯލްޑްކަޕް ފަރިތަކުރުންތައް އެހެން ދަނޑަކަށް ބަދަލުކޮށްފި
07 Jun 2026 ކުޅިވަރު

ދަނޑުގެ ފެންވަރު ދަށްވުމުގެ ސަބަބުން ޖަޕާނުން ވޯލްޑްކަޕް ފަރިތަކުރުންތައް އެހެން ދަނޑަކަށް ބަދަލުކޮށްފި

ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ޖަޕާންގެ ގައުމީ ފުޓްބޯޅަ ޓީމުން މެކްސިކޯގެ މޮންޓެރޭގައި ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ހަމަޖެއްސި ދަނޑުގެ ފެންވަރު ދަށްވުމުގެ ސަބަބުން، ޕްރެކްސްޓިސްތައް އެހެ...