އިންޑިއާ އާއި ޖަޕާނުގެ ދިފާއީ ވަޒީރުން.. ފޮޓޯ: ޖަޕާން ޓައިމްސް
އިންޑިއާ އާއި ޖަޕާނުގެ ދިފާއީ ވަޒީރުން.. ފޮޓޯ: ޖަޕާން ޓައިމްސް
ދުނިޔެ 22 Aug 2026 | 15:26

އިންޑިއާ، ޖަޕާން އަނެއްކާވެސް ދިފާޢީ އިތުރު އެއްބަސްވުމަކަށް

އިންޑިއާއާއި ޖަޕާނުން ދިފާއީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ކަނޑުގެ ސަލާމަތީ ކަންކަމާ ބެހޭ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖަޕާނުގެ ދިފާއީ ވަޒީރު ޝިންޖީރޯ ކޮއިޒުމީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންހްއާއެކު ނިއު ދިއްލީގައި ބޭއްވެވި ބައްދަލުވުމުގައެވެ. އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި، ދެ ގައުމުގެ ދެމެދުގައި އޮތް ސްޕެޝަލް ސްޓްރެޓީޖިކް އެންޑް ގްލޯބަލް ޕާޓްނަޝިޕް އިތުރަށް ފުޅާކުރުމަކީ މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް ބޭނުމެކެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދިފާއީ ވަޒީރުން ވަނީ ކަނޑުގެ ސަލާމަތީ އެއްބާރުލުމާ ބެހޭ މެމޮރެންޑަމް އޮފް އެރޭންޖްމަންޓެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ކަނޑުގެ ސިފައިންގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، އިންސާނީ އެހީތެރިކަމާއި ކާރިސާތަކުގައި އެހީތެރިވުމުގެ ދާއިރާއިން ގުޅުން ބަދަހިކުރާނެއެވެ. މީގެ އިތުރުން ކަނޑު އަޑިގެ މައިންތައް ނައްތާލުމާއި، އުޅަނދުފަހަރު ބަނުމުގެ މަސައްކަތްތައް ގުޅިގެން ކުރިއަށްގެންދިއުމަށްވެސް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

ދެ ގައުމުގެ ދެމެދުގައި ބޭއްވޭ "ދަރްމާ ގާޑިއަން" އާއި "ޖައިމެކްސް" ފަދަ އަސްކަރީ ތަމްރީނުތައް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާއިރު، ކުރިއަށްއޮތް "ވީރު ގާޑިއަން 26" ތަމްރީނުތަކުގައި ޖަޕާނުގެ ހަނގުރާމާމަތީ މަތިންދާބޯޓުތައް ފުރަތަމަ ފަހަރަށް އިންޑިއާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ދިފާއީ ދާއިރާގެ އިތުރުން، އިގްތިސާދީ ސަލާމަތަކީވެސް މި ގުޅުމުގެ މުހިންމު ބަހާއެއްގެ ގޮތުގައި ދެ ގައުމުން ވަނީ ފާހަގަކޮށްފައެވެ. ޖަޕާނުގެ ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް ތަސައްވުރާއި އިންޑިއާގެ މަހާސާގަރު އިނިޝިއޭޓިވް ގުޅިގެން ސަރަހައްދީ ސަލާމަތާއި ތަރައްގީއަށް މަސައްކަތްކުރުމަށް ދެ ގައުމުން އިސްކަންދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.