އަންނަ ހުކުރު ދުވަހު އިދިކޮޅުން "ދިވެހިންގެ ސުލްހަވެރި ހިނގާލުން" ބާއްވަނީ!
އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން އަންނަ ހުކުރު ދުވަހު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
"ދިވެހީންގެ ސުލްހަވެރި ހިނގާލުން" ނަމުގައި ބާއްވާ މި ހިނގާލުން ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
މި ހިނގާލުމާއި ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލް ވިދާޅުވީ، މި ހިނގާލުމަކީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި، އެމަނިކުފާނުގެ ރިޔާސީ ކެންޕެއިން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހިނގާލުމެއް ކަމަށެވެ.
ނަމަވެސް މި ހިނގާލުމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން، އިތުރު ބައެއް ބައިވެރިވާނެތޯ ނޫންތޯ އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް