އިންޑޮނޭޝިއާ ޕޮލިސް ބޯއްޓެއް
އިންޑޮނޭޝިއާ ޕޮލިސް ބޯއްޓެއް
ދުނިޔެ 13 Sep 2026 | 03:56

243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ

ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިއްޖެއެވެ.

އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ވާގޯ ޓްރާންސްޕޯޓް 8" ނަމަކަށް ކިޔާ މި ބޯޓާ އޮތް ގުޅުން ކެނޑިފައިވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް ކަމަށެވެ.

މި ބޯޓަކީ ހޮނިހިރު ދުވަހު އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ފުރައިގެން ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށް ދަތުރުކުރި ބޯޓެކެވެ.

އެ އެޖެންސީން އިތުރަށް ބުނެފައިވަނީ، މި ބަޔާން ނެރުނު ވަގުތާ ހަމައަށްވެސް ބޯޓާ އެއްވެސް މުއާސަލާތީ ގުޅުމެއް ގާއިމުކުރެވިފައި ނުވާ ކަމަށާއި، ބޯޓު އޮތް ތަނެއް އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް ބޯޓާ އެންމެ ފަހުން ގުޅުނު ސަރަހައްދަށް ރެސްކިއު ޓީމުތައް މިހާރު ފޮނުވާފައިވާ ކަމަށާއި، ބޯޓު ހޯދުމުގެ އޮޕަރޭޝަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

17،000 އަށް ވުރެ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވޭ އިންޑޮނޭޝިއާގައި ދަތުރުފަތުރު ކުރުމަށް އެންމެ ބޮޑަށް ބަރޯސާވަނީ ކަނޑުމަގުން ދަތުރުކުރާ މިފަދަ ފެރީތަކަށެވެ. އެއީ ވައިގެ މަގަށްވުރެ ކަނޑުމަގުން ދަތުރުކުރުމުގެ އަގު ހެޔޮވެފައި، ފަސޭހައިން ދަތުރުފަތުރު ކުރެވެން ހުންނާތީއެވެ.

އެހެންނަމަވެސް، ކަނޑުދަތުރުފަތުރުގެ ސަލާމަތީ މިންގަނޑުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބަލަހައްޓައި ތަންފީޒު ނުކުރެވޭތީ، އިންޑޮނޭޝިއާގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާ މިންވަރު ނިސްބަތުން އިތުރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި
07 Nov 2026 ދުނިޔެ

އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި

އިންޑޮނޭޝިޔާގެ ފްލޮރެސް ޖަޒީރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ސައުދީ އަރަބިއްޔާއިން ކުއްލި އެހީގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.

މުވައްޒަފުންގެ އާމްދަނީން ނަގާ ޓެކުހަށް ސްރީލަންކާގައި ލުއިތަކެއް ދެނީ
07 Nov 2026 ދުނިޔެ

މުވައްޒަފުންގެ އާމްދަނީން ނަގާ ޓެކުހަށް ސްރީލަންކާގައި ލުއިތަކެއް ދެނީ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ސްރީލަންކާއިން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޕޭ-އޭޒް-ޔޫ-އާން ޓެކްސް ނުނަގާނެ އާމްދަނީގެ މިންވަރު މަހަކު 150،000 ރުޕީސް އަށް މަތިކޮށްފައެވެ.

 މައްކާއާއި މަދީނާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތައް މުސްލިމް ވޯލްޑް ލީގުން ކުށްވެރިކޮށްފި
07 Nov 2026 ދުނިޔެ

މައްކާއާއި މަދީނާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތައް މުސްލިމް ވޯލްޑް ލީގުން ކުށްވެރިކޮށްފި

އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑރ. މުޙައްމަދު އަލްޢީސާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްލާމްދީނުގެ މުގައްދަސް ބިނާތަކަށާއި މައުސޫމް އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހޫޘީން ގަސްތުގައި ހިންގަމުންދާ މި އަމަލުތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ

އިންޑޮނީޝިއާއިން ވައި ސާފުކުރުމަށް ޑްރައި އައިސް ބޭނުންކުރަނީ
15 Oct 2026 ދުނިޔެ

އިންޑޮނީޝިއާއިން ވައި ސާފުކުރުމަށް ޑްރައި އައިސް ބޭނުންކުރަނީ

ދިހަ އަހަރު ތެރޭ ކުރިމަތިވި އެންމެ ނުރައްކާތެރި ޖަންގަލީގެ އަލިފާނާ އެ ގައުމުން ހަނގުރާމަކުރަމުންދަނީ، އާދަޔާ ހިލާފަށް ވަރުގަދަ އެލް ނީނިއޯގެ ސަބަބުން ހިކި މޫސުމުގެ ހާލަތު ގޯސްވެ، އަލިފާން ނިއްވުން ދަތިވެފައި އޮތް ދަނޑިވަޅެއްގައެވެ. ވައިގެ ނުރައްކާ ކުޑަކުރުމަށް އިންޑޮނީޝިއާއާއި އަވައްޓެރި މެލޭޝިއާއިން ވެސް ކްލައުޑް ސީޑިން ފަދަ މޫސުން ބަދަލުކުރުމުގެ އެކި އުކުޅުތައް ބޭނުންކުރަމުން ގެންދެއެވެ. ކްލައުޑް ސީޑިންގައި ވިލާގަނޑުގެ ތެރޭގައި ފެން ގަނޑުވާ މިންވަރު އަވަސްކުރުމަށް ސިލްވާ އޮޔޮޑައިޑް ފަދަ މާއްދާތައް ވިލާ ތެރެއަށް ބުރުވައިލައެވެ. މި ބާވަތުގެ އޮޕަރޭޝަންތައް ހަފުތާތަކެއް ވަންދެން ކުރިއަށް ގެންގޮސްފައިވެއެވެ.

އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
14 Sep 2026 ދުނިޔެ

އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ

އިންޑޮނޭޝިއާގެ ޖާވާ ކަނޑުގައި ދަތުރުކުރަމުންދިޔަ ފަސިންޖަރު ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން މަދުވެގެން 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެއެވެ. އެ ޤައުމުގެ ސަރޗް އެންޑް ރެސްކިއު އެޖެންސީން މަޢުލ...

އިންޑޮނޭޝިއާގައި އަލަށް އެޅި ބްރިޖެއް ހުޅުވުމުގެ ރަސްމިޔާތު ނިމުނު ވަގުތު މުޅި ބްރިޖު ވެއްޓިއްޖެ
02 Sep 2026 ދުނިޔެ

އިންޑޮނޭޝިއާގައި އަލަށް އެޅި ބްރިޖެއް ހުޅުވުމުގެ ރަސްމިޔާތު ނިމުނު ވަގުތު މުޅި ބްރިޖު ވެއްޓިއްޖެ

އިންޑޮނޭޝިއާގައި އަލަށް އެޅި ސަސްޕެންޝަން ބްރިޖެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ނިމުނު ވަގުތު މުޅި ބްރިޖު ކުއްލިއަކަށް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑޮނޭޝ...

އިންޑޮނޭޝިއާއަށް އަނެއްކާވެސް 5.7 މެގްނިޓިޔުޑްގެ ބިންހެލުމެއް އަތުވެއްޖެ
17 Aug 2026 ދުނިޔެ

އިންޑޮނޭޝިއާއަށް އަނެއްކާވެސް 5.7 މެގްނިޓިޔުޑްގެ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާގެ އެންޑޭ ސަރަޙައްދަށް ބޮޑު ބިންހެލުމެއް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، މިއަދު އަނެއްކާވެސް ރެކްޓާ މިންގަނޑުން 5.7 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާ...

އިންޑޮނޭޝިއާ ކައިރިއަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް؛ ރާއްޖެއަށް ނުރައްކަލެއް ނެތް
02 Apr 2026 ދުނިޔެ

އިންޑޮނޭޝިއާ ކައިރިއަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް؛ ރާއްޖެއަށް ނުރައްކަލެއް ނެތް

އިންޑޮނޭޝިއާގެ އުތުރު މޮލުކާ ކަނޑުގެ ސަރަހައްދަށް، ޚާއްޞަކޮށް ޓަރނޭޓް ސިޓީގެ އައްސޭރިފަށާ ކައިރިއަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް އެކަކު މަ...