ވެއްޓުނު ބްރިޖު
ވެއްޓުނު ބްރިޖު
ދުނިޔެ 02 Sep 2026 | 09:46

އިންޑޮނޭޝިއާގައި އަލަށް އެޅި ބްރިޖެއް ހުޅުވުމުގެ ރަސްމިޔާތު ނިމުނު ވަގުތު މުޅި ބްރިޖު ވެއްޓިއްޖެ

އިންޑޮނޭޝިއާގައި އަލަށް އެޅި ސަސްޕެންޝަން ބްރިޖެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ނިމުނު ވަގުތު މުޅި ބްރިޖު ކުއްލިއަކަށް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑޮނޭޝިއާގެ ވެސްޓް ޖާވާގެ އަވަށެއްގައެވެ. ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ ސަރަޙައްދުގެ ޑިސްޓްރިކްޓް ވެރިޔާއާއި، ސަރުކާރުގެ އިސް އޮފިޝަލުން އަދި އާންމު ރައްޔިތުން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ އެ ބްރިޖު ހުރަސްކުރުމަށް ސަފުހަދައިގެން އެރިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ގާތްގަނޑަކަށް 50 އެއްހާ މީހުން އެއްފަހަރާ ބްރިޖަށް އެރި ވަގުތު، ކުއްލިއަކަށް ބްރިޖު ވަރަށް ބޮޑަށް ތެޅެން ފެށިއެވެ. އަދި އެއަށްފަހު އެއްފަރާތަކަށް އަރިއަޅާލައި، ސީދާ ތިރިއަށް ވެއްޓުނެވެ.

ކޯރުގެ ސަތަހައިން ފެށިގެން 40 މީޓަރު އުހުގައި އަޅާފައިވާ މި ބްރިޖު ވެއްޓުނު ވަގުތު، އޭގެ މަތީގައި ތިބި އެތައް ބަޔަކު ބްރިޖުގެ ކައިރިފަށުގައިވާ ރެއިލިންގްތަކުގައި ހިފަހައްޓައިގެން ތިބެ ބިރުން ހަޅޭއްލަވަން ފަށާ މަންޒަރު ފެނެއެވެ.

ކަމާބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ބްރިޖު ހަރުކުރުމަށް ބޭނުންކޮށްފައިވާ ބައެއް މުހިންމު ބައިތަކަށް (އެންކަރިންގ ޑިވައިސްތަކަށް) ގެއްލުންވުމުގެ ސަބަބުންނެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި
07 Nov 2026 ދުނިޔެ

އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި

އިންޑޮނޭޝިޔާގެ ފްލޮރެސް ޖަޒީރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ސައުދީ އަރަބިއްޔާއިން ކުއްލި އެހީގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.

މުވައްޒަފުންގެ އާމްދަނީން ނަގާ ޓެކުހަށް ސްރީލަންކާގައި ލުއިތަކެއް ދެނީ
07 Nov 2026 ދުނިޔެ

މުވައްޒަފުންގެ އާމްދަނީން ނަގާ ޓެކުހަށް ސްރީލަންކާގައި ލުއިތަކެއް ދެނީ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ސްރީލަންކާއިން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޕޭ-އޭޒް-ޔޫ-އާން ޓެކްސް ނުނަގާނެ އާމްދަނީގެ މިންވަރު މަހަކު 150،000 ރުޕީސް އަށް މަތިކޮށްފައެވެ.

 މައްކާއާއި މަދީނާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތައް މުސްލިމް ވޯލްޑް ލީގުން ކުށްވެރިކޮށްފި
07 Nov 2026 ދުނިޔެ

މައްކާއާއި މަދީނާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތައް މުސްލިމް ވޯލްޑް ލީގުން ކުށްވެރިކޮށްފި

އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑރ. މުޙައްމަދު އަލްޢީސާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްލާމްދީނުގެ މުގައްދަސް ބިނާތަކަށާއި މައުސޫމް އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހޫޘީން ގަސްތުގައި ހިންގަމުންދާ މި އަމަލުތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ

އިންޑޮނީޝިއާއިން ވައި ސާފުކުރުމަށް ޑްރައި އައިސް ބޭނުންކުރަނީ
15 Oct 2026 ދުނިޔެ

އިންޑޮނީޝިއާއިން ވައި ސާފުކުރުމަށް ޑްރައި އައިސް ބޭނުންކުރަނީ

ދިހަ އަހަރު ތެރޭ ކުރިމަތިވި އެންމެ ނުރައްކާތެރި ޖަންގަލީގެ އަލިފާނާ އެ ގައުމުން ހަނގުރާމަކުރަމުންދަނީ، އާދަޔާ ހިލާފަށް ވަރުގަދަ އެލް ނީނިއޯގެ ސަބަބުން ހިކި މޫސުމުގެ ހާލަތު ގޯސްވެ، އަލިފާން ނިއްވުން ދަތިވެފައި އޮތް ދަނޑިވަޅެއްގައެވެ. ވައިގެ ނުރައްކާ ކުޑަކުރުމަށް އިންޑޮނީޝިއާއާއި އަވައްޓެރި މެލޭޝިއާއިން ވެސް ކްލައުޑް ސީޑިން ފަދަ މޫސުން ބަދަލުކުރުމުގެ އެކި އުކުޅުތައް ބޭނުންކުރަމުން ގެންދެއެވެ. ކްލައުޑް ސީޑިންގައި ވިލާގަނޑުގެ ތެރޭގައި ފެން ގަނޑުވާ މިންވަރު އަވަސްކުރުމަށް ސިލްވާ އޮޔޮޑައިޑް ފަދަ މާއްދާތައް ވިލާ ތެރެއަށް ބުރުވައިލައެވެ. މި ބާވަތުގެ އޮޕަރޭޝަންތައް ހަފުތާތަކެއް ވަންދެން ކުރިއަށް ގެންގޮސްފައިވެއެވެ.

އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
14 Sep 2026 ދުނިޔެ

އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ

އިންޑޮނޭޝިއާގެ ޖާވާ ކަނޑުގައި ދަތުރުކުރަމުންދިޔަ ފަސިންޖަރު ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން މަދުވެގެން 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެއެވެ. އެ ޤައުމުގެ ސަރޗް އެންޑް ރެސްކިއު އެޖެންސީން މަޢުލ...

243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
13 Sep 2026 ދުނިޔެ

243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ

ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިއްޖެއެވެ. އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީން ނެރުނު ބަޔާނ...

އިންޑޮނޭޝިއާއަށް އަނެއްކާވެސް 5.7 މެގްނިޓިޔުޑްގެ ބިންހެލުމެއް އަތުވެއްޖެ
17 Aug 2026 ދުނިޔެ

އިންޑޮނޭޝިއާއަށް އަނެއްކާވެސް 5.7 މެގްނިޓިޔުޑްގެ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާގެ އެންޑޭ ސަރަޙައްދަށް ބޮޑު ބިންހެލުމެއް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، މިއަދު އަނެއްކާވެސް ރެކްޓާ މިންގަނޑުން 5.7 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާ...

އިންޑޮނޭޝިއާ ކައިރިއަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް؛ ރާއްޖެއަށް ނުރައްކަލެއް ނެތް
02 Apr 2026 ދުނިޔެ

އިންޑޮނޭޝިއާ ކައިރިއަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް؛ ރާއްޖެއަށް ނުރައްކަލެއް ނެތް

އިންޑޮނޭޝިއާގެ އުތުރު މޮލުކާ ކަނޑުގެ ސަރަހައްދަށް، ޚާއްޞަކޮށް ޓަރނޭޓް ސިޓީގެ އައްސޭރިފަށާ ކައިރިއަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް އެކަކު މަ...