އީރާނުގެ ރައީސް
އީރާނުގެ ރައީސް
ދުނިޔެ 17 Mar 2026 | 05:42

އިނގިރޭސިވިލާތާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީރާނުން ދީފި

ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިއްމު ދައުރެއް އަދާކުރާ ހޯރްމޫޒް ކަނޑުއޮޅިއަށް އިނގިރޭސިވިލާތުން ހަނގުރާމަމަތީ މަނަވަރުތައް ފޮނުވައިފިނަމަ، އެ ޤައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުން މި އިންޒާރު ދީފައިވަނީ، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިނގިރޭސިވިލާތް ހިމެނޭހެން ޤައުމުތަކުން ހޯރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުން ބުނެފައިވަނީ ހޯރްމޫޒް ކަނޑުއޮޅިއަކީ އެ ޤައުމުގެ ފުރިހަމަ ބާރު ހިނގާ ސަރަހައްދެއް ކަމަށާއި، ބޭރުގެ އެއްވެސް ބާރަކުން އެ ސަރަހައްދައް ވަނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިނގިރޭސި ރޯޔަލް ނޭވީގެ މަނަވަރުތައް އެ ސަރަހައްދައް ވަދެފިނަމަ އިނގިރޭސިވިލާތް އީރާނުގެ ޓާގެޓަކަށް ވެގެންދާނެކަމަށް އީރާނުން ބުނެއެވެ.

މިކަމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވެފައިވަނީ، އިނގިރޭސިވިލާތުން މަސައްކަތް ކުރަމުންދަނީ މަސްލަހަތު ހަމައަކަށް އެލުވުމަށް ކަމަށާއި، ނަމަވެސް އެ ސަރަހައްދުގެ ކަނޑުދަތުރުފަތުގެ މިނިވަންކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ބާރުތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުން މިހާރުވެސް އެ ސަރަހައްދުގައި މައިންތައް ނައްތާލާ ބޯޓުތައް ފޮނުވައިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

28 ފެބްރުއަރީގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށިފަހުން އީރާނުން ވަނީ ހޯރްމޫޒް ކަނޑުއޮޅި ބަންދު ކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެޔޮގެ އަގުތައް ވަނީ އުފުލިފައެވެ. އަދި ވައިގެ މަގުން ދޭ ހަމަލާތަކުގެ ސަބަބުން ދަތުރުފަތުރައް ވެސް ވަނީ ބުރު އަރާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ
20 Oct 2026 ދުނިޔެ

އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ

އިނގިރޭސިވިލާތުން ބުނެފައިވާ ގޮތުގައި، އެ ގައުމުން ފޮނުވާނީ ރޯޔަލް އެއާ ފޯސް )އާރްއޭއެފް(ގެ ވޮއޭޖަރ މަރުކާގެ، ވައިގައި ހުރެ އެހެން މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ ބޯޓެކެވެ. މި އެހީ ދެނީ ސައުދީ ސަރުކާރުން އެދިވަޑައިގަތުމުން، ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް ސައުދީން ކުރިއަށް ގެންދާ ދިފާއީ މަސައްކަތްތަކަށް އެހީތެރިވުމަށެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
08 Oct 2026 ދުނިޔެ

ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި

ތެލުގެ އަގު ބޮޑުވަމުންދާ މައްސަލައިގައި ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ގޫގުލް މެޕްސް މެދުވެރިކޮށް ޕެޓްރޯލާއި ޑީސަލް އެންމެ އަގުހެޔޮކޮށް ވިއްކާ ތަންތަނުގެ މައުލޫމާތު ހޯދޭނެ އިންތިޒާމް މިއ...

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ
02 Oct 2026 ދުނިޔެ

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފިއެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައ...