ރެޑްބުލް ހާފްކޯޓް ބާސްކެޓްބޯލް މުބާރާތް ފަށައިފި
މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ރެޑްބުލް ހާފް ކޯޓް ބާސްކެޓްބޯލް މުބާރާތް އިއްޔެ ފަށައިފިއެވެ.
ހުޅުމާލެ ބާސްކެޓްބޯލް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވާ މި މުބާރާތުގެ ހޯސްޓިން ޕާޓްނަރ އަކީ އާބަންކޯއެވެ.
މިކަމާއި ގުޅިގެން އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަރބަންކޯއަކީ އަބަދުވެސް ޒުވާނުންގެ ކުރިއެރުމާއި، ކުޅިވަރުތަކަށް ހުޅުމާލޭގައި ފުރުސަތު ދިނުމަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި، މި މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީވެސް މި މަގްސަދުގައި ކަމަށެވެ.

އެގޮތުން މި މުބާރާތަކީ ބާސްކެޓްބޯލް ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ހުނަރުވެރިކަން ކުރިއެރުވުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް އަރބަންކޯއިން ބުނެފައިވެއެވެ.
މި މުބާރާތަކީ ދުނިޔޭގެ 29 ގައުމަކުން ބައިވެރިވާ ބޮޑު މުބާރާތެއްގެ ކޮލިފައިން ރައުންޑްތަކެވެ. އެގޮތުން ހުޅުމާލޭގައި ބާއްވާ މާލެ ސިޓީ ކޮލިފައިން އަށް ފަހު ނެޝެނަލް ފައިނަލްސް އިން ހޮވޭ ޓީމަކަށް އިންޓަނޭޝަނަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް