އިޒްރާއިލް ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވަނީ
އިޒްރާއިލް ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވަނީ
ހަބަރު 20 Jul 2023 | 06:17

އަނެއްކާވެސް ނާބުލުސްގައި އިޒްރާއިލް ސިފައިން ހަމަލާތައްދެނީ

ފަލަސްޠީނުގެ ބިމަށް ނުހައްޤުން އަރައިގަނެ ފަލަސްޠީނުގެ ބިން ފޭރިގަތުމަށް މަސައްކަތްކުރާ އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ހުޅަނގިއައްސޭރީގައި އޮންނަ ނާބުލުސްގައި ހަމަލާތައް ދޭން ފަށައިފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އާއި ރެޑް ކޮރްސެންޓުން ބުނެފައިފައިވަނީ މިއަދު އިޒްރާއިލް ސިފައިން ދިން ހަމަލާތަކުގެ ސަބަބުބް އެކަކު ޝަހީދުވެ އިތުރު ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެމީހެއްގެ ޚާލު ވަރަށް ގޯސްކަމަށް އަލްޖަޒީރާގައި ވަނީ ބުނެފައެވެ.

އިޒްރާއިލްގެ ޙަމަލާތަކުގައި ޝަހީދުވިމީހާ ޝަހީދު ވެފައިވަނީ އިޒްރާއިލް ސިފައިން ބަޑިޖެހުމުގެ ސަބަބުންނެވެ. އަދި އަނިޔާވި ހަތަރު މީހުންގެ ގަޔަށްވެސް ވަނީ ވަޒަން އަރައިފައި ކަމަށް އަލްޖަޒީރާގައި  ބުނެފައިވެއެވެ.

ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ ހަމަލާތަކުގައި ޝަހީދުވިމީހާ ޝަހީދުވެފައިވަނީ ރޭގެ ފަތިސްވުމުގެ ކުރިން ކަމަށެވެ.

ފަލަސްޠީނުގެ ދިފާޢުގައި ހަނގުރާމަ ކުރާ ފަރާތްތަކުން ބުނެފައިވަނީ ނާބުކުސް ދިފާޢު ކުރުމަށް އެމީހުން އިޒްރާއިލް ސިފައިންނާއި ކުރިމަތިލަމުންދާ ކަމަށްވަނީ ބުނެފައެވެ. އެފަރާތްތަކުން ބުނެފައިވަނީ ޖޯސެފްސް ތޮމްބް އޭ ކިޔަ ސަރަހައްދަށް އަރައިގަނެފައިވާ އިޒްރާއިލް ސިފައިންނާއި އިޒްރާއިލްގެ ޢާންމުންނާއި އެމީހުން ކުރިމަތިލަމުންދާކަމަށެވެ.

މިހަމަލާތަކާއި ގުޅިގެން އިޒްރާއިލް ސިފައިން އަދި އެއްޗެއްބުނެފައެއް ނުވެއެވެ.

މިމަހުގެ ކުރީކޮޅުވެސް އިޒްރާއިލް ސިފައިންވަނީ ފަލަސްޠީނުގެ ޖެނީން އަށް ވަދެ އެތަނުގައި ހުންނަ ރެފިޔުޖީ ކޭމްޕަށް އަމާޒުވާ ގޮތައް ހަމަލާތަކެއ ދީފައެވެ. މިޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 12 މީހަކު ޝަހީދުވެ 100 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ.

އަދި ހަމަލާތަކުގެ ސަބަބުން ސަލާމަތްވުމަށް ގެދޮރު ދޫކޮށް ދިޔަ އެތައް ބައެއްގެ ގެތައް ހަލާކުވެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.