ކަޢުބާގެ އުރަކޮޅު ބަދަލުކޮށްފި
މިއަހަރަށް ކަޢުބާގެ އުރަކޮޅު ބަދަލުކޮށްފިއެވެ.
ކަޢުބާގެ އުރަކޮޅު މިއަހަރަށް ބަދަލުކޮށްފައިވަނީ މިދިޔަ ބުދަދުވަހުއެވެ.
ކޮންމެ އަހަރަކު އެއްފަހަރު ކަޢުބާގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލު ކުރެއެވެ. މިއަހަރު ކަޢުބާގެ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތުގައި 200 ޓެކްނީޝަނުންގެ ޓީމަކުން ބައިވެރިވެފައިވެއެވެ.

މިމަސައްކަތް ކޮށްފައިވަނީ ޙުރުމަތްތެރިވެގެންވާ ދެ މިސްކިތުގެ ކަންކަމާއި ގުޅޭ އިދާރާގެ ރައީސް ޢަބްދުއްރަޙްމާން އަލްސުދައިސް ގެ ބެއްލެވުމުގެ ދަށުންނެވެ.
އައު އުރަކޮޅުގައި ހިމެނެނީ ކަޢުބާގެ ހަތަރު ފަރާތަށް ވާގޮތައް އޮންނަ ހަތަރު ފޮތި ގަނޑުކަމަށާއި، އޭގައި 850 ކިލޯގެ ރޯ ސިލްކާއި 120 ކިލޯގެ ރަން ރޮދި ހިމެނޭކަމަށް ޢަރަބް ނިއުސްގައި ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް