"ދިވެހިންގެ ސުލްހަވެރި ހިންގާލުން" އަށް ފުލުހުން ހުއްދަ ދީފި!
އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން މާދަމާ ބާއްވާ "ދިވެހިންގެ ސުލްހަވެރި ހިންގާލުން" ފުލުހުން ހުއްދަ ދީފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
މި ހިނގާލުން ކުރިއަށް ގެންދަން ނިންމާފައިވަނީ މާދަމާ ހަވީރު 4:00 އާޓިފިޝަލް ބީޗް ކުރިމަތިން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

މި ހިނގާލުމާއި ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލް ވިދާޅުވީ، މި ހިނގާލުމަކީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި، އެމަނިކުފާނުގެ ރިޔާސީ ކެންޕެއިން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހިނގާލުމެއް ކަމަށެވެ.
ނަމަވެސް މި ހިނގާލުމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން، އިތުރު ބައެއް ބައިވެރިވާނެތޯ ނޫންތޯ އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް