އަލް ނަސްރުގެ ކުޅުންތެރިން ޕަރސެޕޮލިސް އާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރިން
އަލް ނަސްރުގެ ކުޅުންތެރިން ޕަރސެޕޮލިސް އާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރިން
ކުޅިވަރު 20 Sep 2023 | 02:45

އޭއެފްސީ ޗެންޕިްއަންސް ލީގުގައި ރޮނާލްޑޯގެ ފުރަތަމަ ފެނިލުން، އަލް ނަސްރަށް އުނދަގޫ މޮޅެއް

އޭއެފްސީ ޗެންޕިއަންސް ލީގުގެ ގްރޫޕް އީގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި އީރާންގެ ޗެންޕިއަން ޕަރސެޕޮލިސް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އަލް ނަސްރު ކާމިޔާބުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.

ފުރަތަަމަ ހާފުގެ 19 ވަނަ މިނެޓުގައި ޕަރސެޕޮލިސް ޕެނަލްޓީ އޭރިއާ ތެެރެއިން މުޅިން ހުސްކޮށް ހުރެ ރޮނާލްޑޯ ބޮލުން ފޮނުވާލި ބާރު ހަމަލާ އެޓީމުގެ ގޯލްކީޕަރު އަލީރެޒާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ޕަރސެޕޮލިސް އިން ރަގަޅަށް ކުޅެމުން އަންނަނިކޮށް މެޗުގެ އޮއިވަރު ބަދަލުވީ އެޓީމުގެ މިޑްފިލްޑަރު މިލާދު ސަރްލަކް ކުރި ފައުލަކާއި ގުޅިގެން ފަހުހާފުގެ 52 ވަނަ މިނެޓުގައި ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

މިމެޗުގައި އަލް ނަސްރުން ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އަބްދުލްރަހްމާން ޤަރީބު އެވެ. މިއީ އެޓީމުގެ ކްރޮއޭޝިޔާ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ 10 މިނެޓުފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ޑިފެންޑަރު މުހައްމަދު ގާސިމް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ރޮނާލްޑޯގެ 7 ނަންބަރު ޖާޒީގައި ޕޯޗުގަލް ޓީމުން ދެން ފެންނާނީ ރަފައެލް ލެއާއޯ
02 Oct 2026 ކުޅިވަރު

ރޮނާލްޑޯގެ 7 ނަންބަރު ޖާޒީގައި ޕޯޗުގަލް ޓީމުން ދެން ފެންނާނީ ރަފައެލް ލެއާއޯ

ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކޯޕަންހޭގަންގައި ކުޅުނު މެޗަށް ޕޯޗުގަލްގެ ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީވެ، އޭނާގެ މަޝްހޫރު 7 ނަންބަރު ޖާޒީ ރަފައެލް ލެއާއޯ އަށް ދީފިއެވެ. ބުރާސްފަތި ދު...

ކޯޗާ މައްސަލަ ޖެހި، ރޮނާލްޑޯ ޕޯޗުގަލް ޓީމު ދޫކޮށް ހިނގައްޖެ
01 Oct 2026 ކުޅިވަރު

ކޯޗާ މައްސަލަ ޖެހި، ރޮނާލްޑޯ ޕޯޗުގަލް ޓީމު ދޫކޮށް ހިނގައްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން، ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު މައްސަލަތަކަކާ ގުޅިގެން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގެ ކޭމްޕް ދޫކޮށް ހިނގައްޖ...

ފުޓުބޯޅައިން ރިޓަޔާވާން ގާތްވެފައިވާ ކަމުގެ އިޝާރާތެއް ރޮނާލްޑޯ ދީފި
17 Aug 2026 ކުޅިވަރު

ފުޓުބޯޅައިން ރިޓަޔާވާން ގާތްވެފައިވާ ކަމުގެ އިޝާރާތެއް ރޮނާލްޑޯ ދީފި

ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ އެއް ކުޅުންތެރިޔާ ކަމަށްވާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓުބޯޅަ ކުޅުން ހުއްޓާލުމާ ގާތްވެފައިވާ ކަމުގެ އިޝާރާތެއް...

ޕޯޗުގަލްއަށް ޔޫރޯ ކާމިޔާބުކޮށްދިނިން؛ އެއީ ވޯލްޑްކަޕް ކާމިޔާބުކުރުން ފަދަ ކަމެއް: ރޮނާލްޑޯ
07 Jul 2026 ކުޅިވަރު

ޕޯޗުގަލްއަށް ޔޫރޯ ކާމިޔާބުކޮށްދިނިން؛ އެއީ ވޯލްޑްކަޕް ކާމިޔާބުކުރުން ފަދަ ކަމެއް: ރޮނާލްޑޯ

އެމެރިކާގެ ޑަލަަސްގައި ރޭ ކުޅުނު ވޯލްޑްކަޕްގެ ފޯރިގަދަ މެޗުން ސްޕެއިން އަތުން 1-0 އިން ބަލިވެ، މުބާރާތުން ކެޓުމާއެކު، މިއީ އޭނާގެ ފަހު ވޯލްޑްކަޕްކަން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަށަވަރު...

ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިފަހަރުގެ ވަރލްޑްކަޕް ނިމިއްޖެ
07 Jul 2026 ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިފަހަރުގެ ވަރލްޑްކަޕް ނިމިއްޖެ

ވަރލްޑްކަޕްގެ ނޮކްއައުޓް ސްޓޭޖްގައި ރޭ ސްޕެއިންނާއި ޕޯޗްގަލް ބައްދަލުކުރިމެޗް ސްޕެއިން ކާމިޔާބުކޮށް ކުއާޓާ ފައިނަލުގެ ޖާގައެއް އެޓީމް ހޯދައިފިއެވެ. ޑަލަސްގައި ކުޅުނު މިމެޗްގެ ފެނިގެންދިޔައީ ކުރިން ހީކ...