ރޮނަލްޑޯއާއި ރަފައެލް ލިއާއޯ
ރޮނަލްޑޯއާއި ރަފައެލް ލިއާއޯ
ކުޅިވަރު 02 Oct 2026 | 10:01

ރޮނާލްޑޯގެ 7 ނަންބަރު ޖާޒީގައި ޕޯޗުގަލް ޓީމުން ދެން ފެންނާނީ ރަފައެލް ލެއާއޯ

ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކޯޕަންހޭގަންގައި ކުޅުނު މެޗަށް ޕޯޗުގަލްގެ ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީވެ، އޭނާގެ މަޝްހޫރު 7 ނަންބަރު ޖާޒީ ރަފައެލް ލެއާއޯ އަށް ދީފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ޔުއެފާއިން އާންމުކުރި ޕޯޗުގަލްގެ 23 ކުޅުންތެރިންގެ ރަސްމީ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައެއް ނުވެއެވެ. މިއީ ޕޯޗުގަލްގެ ޓްރެއިނިންގ ކޭމްޕް ދޫކޮށް އޭނާ ދިއުމާ ގުޅިގެން ނިންމި ނިންމުމެކެވެ. އެތައް އަހަރެއް ވަންދެން ރޮނާލްޑޯގެ ނަމާ ގުޅިލާމެހި، "ސީއާރް7" ގެ ގޮތުގައި ބްރޭންޑްވެފައިވާ 7 ނަންބަރު ޖާޒީ އެހެން ކުޅުންތެރިއަކަށް ދިނުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ.

އާންމުކޮށް 17 ނަންބަރު ޖާޒީގައި ގުޅޭ ލެއާއޯ، 7 ނަންބަރު ޖާޒީގައި މި މެޗަށް ނުކުތް އިރު، އޭނާ ކުރިން ކުޅުނު 17 ނަންބަރު ޖާޒީ ދީފައިވަނީ ފަބިއޯ ސިލްވާއަށެވެ. އަދި އަނިޔާގެ ސަބަބުން ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެވުނު ބްރޫނޯ ފެނާންޑޭސް މިހާރު ވަނީ ޓީމާ ގުޅިފައެވެ. ނަމަވެސް އަނިޔާއިން ރަނގަޅުވަމުން އަންނަ ފްރެންސިސްކޯ ކޮންސެއިސާއޯ ސްކޮޑުގައި ނުހިމެނެއެވެ.

މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ، ޔުއެފާގެ ގަވާއިދު ބުނާގޮތުން ނޭޝަންސް ލީގުގެ މެޗުތަކަށް ހުށަހަޅާ 23 ކުޅުންތެރިންގެ ސްކޮޑުގައި 1 އިން 23 އަށް ހުރިހާ ނަންބަރެއް ހިމަނަން ޖެހޭތީއެވެ. އެހެންކަމުން ރޮނާލްޑޯ ޓީމުގައި ނެތުމުން 7 ނަންބަރު ޖާޒީ އެހެން ކުޅުންތެރިއަކަށް ދޭން މަޖުބޫރުވީއެވެ.

މެޗަށް 24 ގަޑިއިރަށް ވެފައި ވަނިކޮށް، ސެޕްޓެމްބަރު 30 ވީ ބުދަ ދުވަހު ރޮނާލްޑޯ ކޭމްޕް ދޫކޮށް ދިޔައީ، ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސްގެ ޕްރެސް ކޮންފަރެންސަށް ފަހު، އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޕެޑްރޯ ޕްރޮއެންސާއާ ދެކެވުނު ވާހަކަތަކަކަށް ފަހުގައެވެ. އުމުރުން 41 އަހަރުގެ ފޯވާޑް ބުނެފައިވަނީ މި ނިންމުމުގެ ސަބަބު ފަހުގެ ތާރީޚެއްގައި ހާމަކުރާނެ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލައިގެ ތެރެއަށް މިހާރު ޕޯޗުގަލްގެ ބޮޑުވަޒީރު ވެސް ވަނީ ޒާތީގޮތުން ވަދެވަޑައިގެންފައެވެ.

ނޯވޭއާ ދެކޮޅަށް ޕޯޗުގަލް 2-1 އިން މޮޅުވި މެޗުގައި ބެންޗުގައި އިންނަން ޖެހުމުން، އަނިޔާއެއް ނެތް ނަމަވެސް ރޮނާލްޑޯ ވަނީ ޓީމާ ވަކިން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. ކޯޗު ޖީސަސް ބުނީ އެ ނިންމުމާމެދު ރޮނާލްޑޯ މާޔޫސްވި ނަމަވެސް ދެމީހުންގެ ދެމެދުގައި ބޮޑު މައްސަލައެއް ނުޖެހޭ ކަމަށެވެ.

ޑެންމާކާ ދެކޮޅަށް ޕޯޗުގަލް އިއްޔެ ކުޅުނު މެޗުގައިވެސް 4-2 އިން ޕޯޗުގަލް ވަނީ މޮޅުވެފައެވެ.

ރޮނާލްޑޯ ކޭމްޕް ދޫކޮށް ދިއުމާއެކު އޭނާގެ ބައިނަލްއަޤްވާމީ ކެރިއަރު ނިމުމަކަށް އައީ ކަމަށް ބެލެވުނު ނަމަވެސް، އޮކްޓޫބަރު 1 އާ ހަމައަށް ވެސް ޕޯޗުގަލްގެ ފުޓްބޯޅަ އިދާރާއިން އޭނާ ޤައުމީ ޓީމުން ރިޓަޔަރވިކަން ރަސްމީކޮށް އިޢުލާނެއް ނުކުރެއެވެ. 5 ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ތަރި ކުރިން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ކެރިއަރުގެ އެންމެ ފަހު މަރުހަލާއަކަށް ވާނީ 2026/27 ގެ ސީޒަނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކަށް ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފި
17 Nov 2026 ކުޅިވަރު

ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކަށް ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފި

ޕޯޗުގަލްގެ ތާރީޚުދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކާ ގުޅިގެން، އެ ޤައުމުގެ ޤައުމީ ޓީމުގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފިއެވެ.

ރޮނާލްޑޯގެ ޝަރަފުގައި ޕޯޗުގަލް ޓީމުގެ 7 ނަންބަރު ޖާޒީގެ ސްޓައިލް ބަދަލުކޮށްފި
15 Nov 2026 ކުޅިވަރު

ރޮނާލްޑޯގެ ޝަރަފުގައި ޕޯޗުގަލް ޓީމުގެ 7 ނަންބަރު ޖާޒީގެ ސްޓައިލް ބަދަލުކޮށްފި

ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޝަރަފުގައި، އެ ޤައުމުގެ ޤައުމީ ޓީމުގެ 7 ނަންބަރު ޖާޒީގައި ނަންބަރު ލިޔާ ސްޓައިލަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބަދަލެއް ގެނެސްފިއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
05 Nov 2026 ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އުމުރުން 41 އަހަރުގައި ރޮނާލްޑޯ މި ނިންމުން ނިންމީ، ގައުމީ ޓީމުގެ މަޝްހޫރު 7 ނަންބަރު ޖާޒީ އައު ޖީލުގެ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ކޯޗާ މައްސަލަ ޖެހި، ރޮނާލްޑޯ ޕޯޗުގަލް ޓީމު ދޫކޮށް ހިނގައްޖެ
01 Oct 2026 ކުޅިވަރު

ކޯޗާ މައްސަލަ ޖެހި، ރޮނާލްޑޯ ޕޯޗުގަލް ޓީމު ދޫކޮށް ހިނގައްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން، ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު މައްސަލަތަކަކާ ގުޅިގެން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގެ ކޭމްޕް ދޫކޮށް ހިނގައްޖ...

ނޯވޭ އަތު ޕޯޗްގަލް  މޮޅުވިމެޗްގައި ރޮނާލްޑޯ އިނީ ބެންޗުގައި ކުޅިބަލަން
28 Sep 2026 ކުޅިވަރު

ނޯވޭ އަތު ޕޯޗްގަލް މޮޅުވިމެޗްގައި ރޮނާލްޑޯ އިނީ ބެންޗުގައި ކުޅިބަލަން

މިހާރު ކުރިއަށްދާ ޔުއެފާ ނޭޝަންސް ލީގްގައި ޕޯޗްގަލް އާއި ނޯވޭ ބައްދަލުކުރިމެޗް ޕޯޗްގަލް ކާމިޔާބުކޮށްފިއެވެ. ނޯވޭގައި ކުޅުނު މިމެޗް ޕޯޗްގަލް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ އެންމެ ފުރަތަމަ ލ...