ރޮނަލްޑޯ ކޭމްޕް ދޫކޮށް ދަނީ
ރޮނަލްޑޯ ކޭމްޕް ދޫކޮށް ދަނީ
ކުޅިވަރު 01 Oct 2026 | 03:47

ކޯޗާ މައްސަލަ ޖެހި، ރޮނާލްޑޯ ޕޯޗުގަލް ޓީމު ދޫކޮށް ހިނގައްޖެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން، ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު މައްސަލަތަކަކާ ގުޅިގެން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގެ ކޭމްޕް ދޫކޮށް ހިނގައްޖެއެވެ.

މިކަން ކަށަވަރުކޮށްދެމުން އުމުރުން 41 އަހަރުގެ ރޮނާލްޑޯ އިންސްޓަގްރާމްގައި ބުނީ، ގައުމީ ޓީމުގެ ކޯޗުގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޕެޑްރޯ ޕްރޮއެންސާއާ ވާހަކަދެއްކުމަށްފަހު ކޭމްޕް ދޫކޮށްދާން ނިންމާފައިވާ ކަމަށެވެ. އަދި ޓީމު ދޫކޮށް ދާންޖެހުނު އަސްލު ސަބަބު ކުރިއަށް އޮތް ތަނުގައި ސަޕޯޓަރުންނަށް ހާމަކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މައްސަލަ ގޯސްވީ މިދިޔަ އާދީއްތަ ދުވަހު ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުން ކުޅެން އަރުވާނެ ކަމަށް ބުނެ، ކޯޗު ޖީސަސް އޭނާ ކުޅެން ނާރުވައި ބެހެއްޓުމުންނެވެ. އެ މެޗަށްފަހު އަނިޔާއެއް ނެތް ނަމަވެސް ހޯމަ އަދި އަންގާރަ ދުވަހު އޭނާ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެ ވަކިން ޖިމްގައި ވަގުތު ހޭދަކުރިއެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ޖީސަސް ވަނީ ރޮނާލްޑޯ ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ހެދިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އަދި އޭނާ މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް ކޯޗު ބުނި ނަމަވެސް، ޕޯޗުގަލް ފެޑެރޭޝަނުން ވަނީ އެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިނުވާކަން ކަށަވަރުކޮށްދީފައެވެ.

ޕޯޗުގަލްގެ ނޫހެއް ކަމަށްވާ "އަ ބޯލާ" އިން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ކޯޗުގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމުން ރޮނާލްޑޯ ވަނީ ފެޑެރޭޝަންގެ ކާރެއްގައި އެތަން ދޫކޮށް ގޮސްފައެވެ. އަދި ސްޕެއިންގެ މާކާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ދަތުރުކުރަނީ ޕްރައިވެޓް ޖެޓެއްގައި މެޑްރިޑަށެވެ. ޓީމު ހޮޓަލަށް އެނބުރި ދިޔައިރު ޓީމާއެކު ރޮނާލްޑޯ އަދި ކޯޗު ޖީސަސްވެސް ނެތް ކަމަށް ޚަބަރުތައް ބުނެއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޕްރޮއެންސާ ވަނީ އަންގާރަ ދުވަހު ކުއްލި ގޮތަކަށް ޑެންމާކަށް ވަޑައިގެންފައެވެ.

ގައުމީ ޓީމަށް ކުޅެދިން 234 މެޗުން 146 ގޯލު ޖަހައި، ޕޯޗުގަލްގެ ތާރީޚުގައިވެސް އެންމެ ގިނަ މެޗު ކުޅެ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު އޮތް ރޮނާލްޑޯ، މިދިޔަ ހަފްތާގައި ބުނެފައިވަނީ ކޯޗު އޭނާ ބޭނުން ނުވާނަމަ ކޮންމެ ވަގުތަކުވެސް ޓީމު ދޫކޮށްލަން ތައްޔާރަށް ހުރި ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ރޮނާލްޑޯގެ 7 ނަންބަރު ޖާޒީގައި ޕޯޗުގަލް ޓީމުން ދެން ފެންނާނީ ރަފައެލް ލެއާއޯ
02 Oct 2026 ކުޅިވަރު

ރޮނާލްޑޯގެ 7 ނަންބަރު ޖާޒީގައި ޕޯޗުގަލް ޓީމުން ދެން ފެންނާނީ ރަފައެލް ލެއާއޯ

ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކޯޕަންހޭގަންގައި ކުޅުނު މެޗަށް ޕޯޗުގަލްގެ ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީވެ، އޭނާގެ މަޝްހޫރު 7 ނަންބަރު ޖާޒީ ރަފައެލް ލެއާއޯ އަށް ދީފިއެވެ. ބުރާސްފަތި ދު...

ނޯވޭ އަތު ޕޯޗްގަލް  މޮޅުވިމެޗްގައި ރޮނާލްޑޯ އިނީ ބެންޗުގައި ކުޅިބަލަން
28 Sep 2026 ކުޅިވަރު

ނޯވޭ އަތު ޕޯޗްގަލް މޮޅުވިމެޗްގައި ރޮނާލްޑޯ އިނީ ބެންޗުގައި ކުޅިބަލަން

މިހާރު ކުރިއަށްދާ ޔުއެފާ ނޭޝަންސް ލީގްގައި ޕޯޗްގަލް އާއި ނޯވޭ ބައްދަލުކުރިމެޗް ޕޯޗްގަލް ކާމިޔާބުކޮށްފިއެވެ. ނޯވޭގައި ކުޅުނު މިމެޗް ޕޯޗްގަލް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ އެންމެ ފުރަތަމަ ލ...

ފުޓުބޯޅައިން ރިޓަޔާވާން ގާތްވެފައިވާ ކަމުގެ އިޝާރާތެއް ރޮނާލްޑޯ ދީފި
17 Aug 2026 ކުޅިވަރު

ފުޓުބޯޅައިން ރިޓަޔާވާން ގާތްވެފައިވާ ކަމުގެ އިޝާރާތެއް ރޮނާލްޑޯ ދީފި

ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ އެއް ކުޅުންތެރިޔާ ކަމަށްވާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓުބޯޅަ ކުޅުން ހުއްޓާލުމާ ގާތްވެފައިވާ ކަމުގެ އިޝާރާތެއް...

ޕޯޗުގަލްއަށް ޔޫރޯ ކާމިޔާބުކޮށްދިނިން؛ އެއީ ވޯލްޑްކަޕް ކާމިޔާބުކުރުން ފަދަ ކަމެއް: ރޮނާލްޑޯ
07 Jul 2026 ކުޅިވަރު

ޕޯޗުގަލްއަށް ޔޫރޯ ކާމިޔާބުކޮށްދިނިން؛ އެއީ ވޯލްޑްކަޕް ކާމިޔާބުކުރުން ފަދަ ކަމެއް: ރޮނާލްޑޯ

އެމެރިކާގެ ޑަލަަސްގައި ރޭ ކުޅުނު ވޯލްޑްކަޕްގެ ފޯރިގަދަ މެޗުން ސްޕެއިން އަތުން 1-0 އިން ބަލިވެ، މުބާރާތުން ކެޓުމާއެކު، މިއީ އޭނާގެ ފަހު ވޯލްޑްކަޕްކަން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަށަވަރު...

ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިފަހަރުގެ ވަރލްޑްކަޕް ނިމިއްޖެ
07 Jul 2026 ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިފަހަރުގެ ވަރލްޑްކަޕް ނިމިއްޖެ

ވަރލްޑްކަޕްގެ ނޮކްއައުޓް ސްޓޭޖްގައި ރޭ ސްޕެއިންނާއި ޕޯޗްގަލް ބައްދަލުކުރިމެޗް ސްޕެއިން ކާމިޔާބުކޮށް ކުއާޓާ ފައިނަލުގެ ޖާގައެއް އެޓީމް ހޯދައިފިއެވެ. ޑަލަސްގައި ކުޅުނު މިމެޗްގެ ފެނިގެންދިޔައީ ކުރިން ހީކ...