އިޓަލީ ފަތުރުވެރިން ހޯދުމަށް ތައްޔާރުވަނީ
އިޓަލީ ފަތުރުވެރިން ހޯދުމަށް ތައްޔާރުވަނީ
ރިޕޯޓް 20 May 2026 | 08:49

އިޓަލީގެ ފަސް ޑައިވަރުން ރާއްޖޭގައި މަރުވުން: އިޓަލީ މީޑިއާތަކުން ރާއްޖެއާ މެދު ބުނީ ކީކޭ؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައެއްގައި އިޓަލީގެ ފަސް ޑައިވަރަކު މެއި 14 ވަނަ ދުވަހު މަރުވި ހާދިސާއާ ގުޅިގެން އިޓަލީގެ ބޮޑެތި މީޑިއާތަކުން ގެނެސްދީފައިވާ ޚަބަރުތަކުގައި ރާއްޖޭގެ ޑައިވިން ސޭފްޓީ ރެގިއުލޭޝަންތަކާއި ޓުއާ އޮޕަރޭޓަރުގެ ޒިންމާއާ މެދު ސީރިއަސް ސުވާލުތައް ވަނީ އުފެދިފައެވެ.

މަރުވީ ޖެނީވާ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސާ މޮނިކާ މޮންޓެފެލްކޯނީ އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމާކެލް އާއި މެރިން ބައޮލޮޖިސްޓް ފެޑެރީކޯ ގުއަލްޓިއޭރީ އާއި ރިސާޗަރު މުރިއެލް އޮޑެނީނޯ އާއި ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ އެވެ.

ކޮރިއޭރޭ ޑެއްލާ ސޭރާ: ޓުއާ އޮޕަރޭޓަރު ޒިންމާ ނެގުމުން ދުރަށް

އިޓަލީގެ ނޫސް ކޮރިއޭރޭ ޑެއްލާ ސޭރާ އަށް ދިން އިންޓަވިއުއެއްގައި ދަތުރު އިންތިޒާމުކުރި އެލްބެޓްރޯސް ޓޮޕް ބޯޓުގެ ޤާނޫނީ ވަކީލު އޮރިއޭއްޓާ ސްޓޭއްލާ ބުނީ 30 މީޓަރަށް ވުރެ ފުނަށް ޑައިވް ކުރާކަން އެ ކުންފުންޏަށް ނޭނގޭ ކަމަށާއި އެކަން ހުއްދަވެސް ނުކުރާނެ ކަމަށެވެ.

އިޓަލީ ފަތުރުވެރިން ދަތުރުކުރި ޑިއުކް އޮފް ޔޯކް- ފޮޓޯ: ލިވަބޯޓް

ވަކީލު ބުނި ގޮތުގައި ޑައިވަރުން ބޭނުންކުރީ ޢާންމު ރެކްރިއޭޝަނަލް ޑައިވިން ސާމާނެވެ. ޑީޕް ކޭވް ޑައިވިންއަށް ބޭނުންވާ ޚާއްޞަ އިކުއިޕްމެންޓެއް ނޫނެވެ. އަދި އެލްބެޓްރޯސް އިން ކުރިކަމަކީ ދަތުރު މާކެޓް ކުރުމެވެ. ބޯޓުގެ މިލްކުވެރިކަމާއި، ފަޅުވެރިންނަށް ވަޒީފާ ދިނުން އެމީހުންނާ ގުޅުމެއް ނެތް ކަމަށް ސާފުކޮށްދިނެވެ.

ލާ ރޭޕއްބްލިކާ: ފިރިމީހާގެ ބަސް

އިޓަލީގެ ބޮޑު އެއް ނޫސްކަމަށްވާ ލާ ރޭޕއްބްލިކާ އަށް ދިން އިންޓަވިއުއެއްގައި މޮންޓެފެލްކނީގެ ފިރިމީހާ ކާލ ސޮމާކެލް ބުނީ އޭނާގެ އަންހެނުން ގާތްގަނޑަކަށް 5000 ޑައިވް ކޮށްފައިވާ ކަމަށާއި ދަރިފުޅު ނުވަތަ އެހެން ކުދިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ކަމެއް ދުވަހަކުވެސް ނުކުރާނެ ކަމަށެވެ.

"އެތާ (ކަނޑުގެ) އަޑީގައި ކޮންމެވެސް ކަމެއް ވެފައި ވާނެ"

އިޓަލީގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އިޓަލީ ޑޮކްޓަރުންގެ ތިއޯރީތައް: ޓޭންކުގެ މައްސަލައެއް؟

ވޭރނާ ޔުނިވާސިޓީ ހޮސްޕިޓަލުގެ ޕަލްމޮނޯލޮޖީ ޑިރެކްޓަރު ކްލައުޑިއް މިކޭލޭޓް އިޓަލީ ނޫސް އޭޖެންސީ އެޑްކްރޯނޯސް އަށް ކިޔައިދިން  ގޮތުގައި ފަސް ޑައިވަރުންގެ ތެރެއިން އެއް ޑައިވަރު މަރުވުމުން ދޭހަ ކޮށްދެނީ ފުންމިނުގެ މައްސަލައެއް ނޫން ކަމަށާއި ބޭނުންކުރި ގޭހުގެ މައްސަލައެއް ކަމަށެވެ. އިޓާލިއަން ސޯސައިޓި އޮފް އަންޑާވޯޓާ އެންޑް ހައިޕާބެރިކް މެޑިސިންގެ ރައީސް އެލްފޯންސޯ ބޯލޯނީނީ ބުނީ "ނާޒކް ގޭސް މިކްސްޗާ" އެއްގެ ސަބަބުން "ހައިޕަރކްސިކް ކްރައިސިސް" އެއް ކުރިމަތިވެފައި ވެދާނޭ ކަމަށާއި 50 މީޓަރު ފުނުގައި ހޮހޮޅައެއްގެ ތެރޭގައި ޕެނިކް އެޓޭކެއްގެވެސް ނުރައްކާތެރިކަން ބޮޑުކަމަށެވެ.

ދެ ޓުއަރިސްޓުންގެ ހަށިގަނޑު މާލެ ގެނައުން- ފޮޓޯ: ކޮރިއޭރޭ ޑެއްލާ ސޭރާ

ނަމަވެސް މަރުގެ ސީދާ ސަބަބެއް ރަސްމީ ފަރާތަކުން ހާމައެއް ނުކުރެއެވެ؛ އިޓަލީ ނޫސްތަކުގައި ހުރީ ތަޖުރިބާކާރުން ހުށަހެޅި ތިއޯރީތަކާއި ހިޔާލުތަކެވެ.

ރާއްޖޭއާއި އިޓަލީގެ ޚާއްޞަ ގުޅުމާ މެދު

ސީއެންއެން ފަދަ ބައިނަލްއަޤުވާމީ މީޑިއާތަކުގައި ވެސް ފާހަގަކުރި ގޮތުގައި އިޓަލީގެ ޑައިވިން ޓުއާ އޮޕަރޭޓަރު ޖޯޖް ކޯބިންއަކީ 1972 ގައި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކުރި ފަރާތް ކަމަށް ބެލެވޭކަމަށެވެ. އޭގެ ފަހުން އިޓަލީ ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ފަތުރުވެރިކަމުގެ މާކެޓްތަކުގެ ތެރޭގައިއެވެ.

"މިއީ ހަމައެކަނި މި ޤައުމުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޑައިވިން އެކްސިޑެންޓް ވީމައެއް ނޫން ހިތާމަކުރަނީ، އެ މީހުންނަކީ އިޓަލީ މީހުން ވީމާ ވެސް ދިވެހިން ވަނީ ވަރަށް ހިތާމަކޮށްފައި"

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް

ރާއްޖެ ސަރުކާރުގެ ފިޔަވަޅުތައް

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޑިއުކް އޮފް ޔޯކް ބޯޓުގެ ލައިސެންސް ވަނީ ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފައެވެ. ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ރާއްޖޭގެ ޤާނޫނުން ރެކްރިއޭޝަނަލް އަދި ކޮމާޝަލް ޑައިވިންގައި 30 މީޓަރަށް ވުރެ ފުނަށް ދިޔުން މަނާ ކަމަށާއި މި ޑައިވް ކޮށްފައިވަނީ އެއަށް ވުރެ މާ ފުނުގައި ކަމަށެވެ. ޑައިވިން ތަޖުރިބާކާރުން ފާހަގަކުރި ގޮތުގައި ރާއްޖެއަކީ ރެކްރިއޭޝަނަލް ޑައިވިންއަށް ދުނިޔޭގެ އެންމެ ރައްކާތެރި މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ؛ މި ހާދިސާ ހިނގީ ޓެކްނިކަލް ކޭވް ޑައިވެއްގައެވެ، ޢާންމު ޓުރިސްޓް ޑައިވެއްގައެއް ނޫނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިޓަލީން މިފަހަރުވެސް ޒިދާން ހުއްޓުވައިފި
03 Oct 2026 ކުޅިވަރު

އިޓަލީން މިފަހަރުވެސް ޒިދާން ހުއްޓުވައިފި

ޔުއެފާ ނޭޝަންސް ލީގްގައި އިޓަލީ އާއި ފްރާންސް ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ފްރާންސްގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. މިއީ ބައިނަލްއަގުވާމީ މި ބްރޭ...

ޓީޖީއެސްޓީގެ އާ އުސޫލު؛ އިޓަލީގެ ޓުއާ އޮޕަރޭޓަރަކުން ރާއްޖޭގެ ބުކިން މެދުކަނޑާލައިފި
02 Oct 2026 ވިޔަފާރި

ޓީޖީއެސްޓީގެ އާ އުސޫލު؛ އިޓަލީގެ ޓުއާ އޮޕަރޭޓަރަކުން ރާއްޖޭގެ ބުކިން މެދުކަނޑާލައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމުގެ އުސޫލަށް މީރާއިން އިއްޔެ ޢަމަލުކުރަން ފެށުމާ ގުޅިގެން އެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން އިޓަލީގެ ކިއާ އޯރާ ވިއާޖީ ކ...

ތުރުކިޔޭ އަތުން އިޓަލީ މޮޅުވެ، މަންޗީނީއަށް ހިތްހަމަ ޖެހުމެއް
29 Sep 2026 ކުޅިވަރު

ތުރުކިޔޭ އަތުން އިޓަލީ މޮޅުވެ، މަންޗީނީއަށް ހިތްހަމަ ޖެހުމެއް

ޔުއެފާ ނޭޝަންސްލީގް އޭ ގްރޫޕް އެކެއްގައި އިޓަލީ އާއި ތުރުކިޔޭ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އިޓަލީން ކާމިޔާބުކޮށްފިއެވެ. ތުރުކިޔޭގައި ކުޅުނު މިމެޗް އިޓަލީ ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިންނެވެ. މެޗުގެ ...

ބެލްޖިއަމް އަތުން މަންޗީނީގެ އިޓަލީ ބަލިވެއްޖެ
26 Sep 2026 ކުޅިވަރު

ބެލްޖިއަމް އަތުން މަންޗީނީގެ އިޓަލީ ބަލިވެއްޖެ

ރޯމްގައި ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި، އިޓަލީ އާއި ބެލްޖިއަމް ބައްދަލުކުރިމެޗް ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ. ރިބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން ކުޅުނު އިޓަލީ ބަލިވީ މާކް ފެން ބޮމެ...

އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރުމަށް ބާބުލް މަންދަބު ކަނޑުއޮޅިއަށް މަނަވަރު ފޮނުވުމަށް ނިންމައިފި
19 Sep 2026 ދުނިޔެ

އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރުމަށް ބާބުލް މަންދަބު ކަނޑުއޮޅިއަށް މަނަވަރު ފޮނުވުމަށް ނިންމައިފި

ބާބުލް މަންދަބު ކަނޑުއޮޅީގެ ނުރައްކާ ބޮޑުވަމުންދާތީ އެ ސަރަޙައްދުން ދަތުރުކުރާ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ރައްކާތެރިކުރުމަށް ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ...

މަރުވި ޑައިވަރުންގެ ހަށިގަނޑުތައް ނެގި ނަމަވެސް، ފިންލޭންޑްގެ ޓީމުން މިއަދުވެސް ހޮހަޅައަށް ފީނާނެ
21 May 2026 ހަބަރު

މަރުވި ޑައިވަރުންގެ ހަށިގަނޑުތައް ނެގި ނަމަވެސް، ފިންލޭންޑްގެ ޓީމުން މިއަދުވެސް ހޮހަޅައަށް ފީނާނެ

ވ. އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ދިޔަ އިޓަލީ ޑައިވަރުންތަކުގެ ހަށިގަނޑުތައް ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އެންމެންގެ ހަށިގަނޑުތައް ނަގާފައިވީނަމަވެސް، އިތުރު ޑައިވްއެއް މި...