ތިނަދޫގައި މާރާމާރީއެއް ހިންގައި، އެކަކަށް ފަރުވާ ދެނީ!
ގދ ތިނަދޫގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމް ކޮަށްލައިފިއެވެ.
ފުލުހުން މައުލޫމަތު ދެމުން ބުނީ މިއަދު 13:50 އެހާއިރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާކަމުގެ ރިޕޯޓް ލިބިފައި ވާކަމަށެވެ.
އަދި މި މާރާމަރީގައި އަނިޔާވި މީހާ ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެންދެވިފައި ވާކަމަށާއި، ފަރުވާދެމުންދަނީ 25 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
އަދި މިމައްސަލަ މިހާރު ފުލުހުން ތަހުޤީޤު ކުރަމުން އަންނަ ކަމަަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް