ފުލުހަކަށް ހަމަލާދިން މައްސަލައިގައި 4 މީހުން ހައްޔަރުކޮށްފި
ހުޅުމާލޭގައި މިރޭ ފުުލުހަކަށް ހަމާލާދިން މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުުހުންގެ ޚިދުމަތުން ބުނީ ހުޅުމާލޭގައި ގްރޫޕަކުން ހަމަލާދިން ފުލުސް މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށެވެ.
އެހެން ނަމަވެސް އޭނާއަށް ލިބިފަައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
މި މައްސަލައާ ގުޅިގެން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަހްޤީގު ކުރައްވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ހަމަލާދީފައިވަނީ ކޮން ސަބަބަކާއި ހުރެކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފަ އެއް ނުވެއެވެ. އަދި މި ކަމުގައި ޝާމިލުވާ ފަރާތްތަކުގެ ވަނަވަރު އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް