ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑު ވެއްޖެ!
މިއަދު ހެނދުނު މާލެއަށް ބޯކޮށް ވެހުނު ވާރޭގައި މާފަންނު ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ އެވެ.
ބޯކޮށް ވެހުނު ވާރޭގައި ފެންބޮޑުވެފައި ވަނީ ހަނދުވަރީ ހިނގުމުން ފެށިގެން މާފަންނަށް، އަދި އަމީނީ މަގުގެ ބޮޑު ބައެކެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން މިހާރު އައިޖީއެމްއެޗް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު ހެނދުނުން ފެށިގެން ބޯކޮށް ވާރޭ ވެހޭނެ އެވެ. ގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް