މިއަދު ބާއްވަން އޮތް "ދިވެހިންގެ ސުލްހަވެރި ހިނގާލުން" ފަސްކޮށްފި!
އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިއަދު ބާއްވަން ނިންމާފައި އޮތް "ދިވެހިންގެ ސުލްހަވެރި ހިނގާލުން" ފަސްކޮށްފި އެވެ.
މިކަމާއި ގުޅިގެން ޕީޕީއެމުން ބުނީ, ހިނގާލުން ފަސްކޮށްފައިވަނީ މޫސުން ގޯސްވެ ވާރޭ ވެހި، މިހާރުވެސް ވިއްސާރަ ކަމަށް ދައްކާތީ ކަމަށެވެ.
މި ހިނގާލުން ކުރިއަށް ގެންދަން ނިންމާފައި އޮތީ މިއަދު ހަވީރު 4:00 އާޓިފިޝަލް ބީޗް ކުރިމަތިންނެވެ.
މި ހިނގާލުމާއި ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލް ވިދާޅުވީ، މި ހިނގާލުމަކީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި، އެމަނިކުފާނުގެ ރިޔާސީ ކެންޕެއިން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހިނގާލުމެއް ކަމަށެވެ.
ނަމަވެސް މި ހިނގާލުމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން، އިތުރު ބައެއް ބައިވެރިވާނެތޯ ނޫންތޯ އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް