ސަން ސިޔާމް އާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ސަން ސިޔާމް އާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ހަބަރު 21 Jul 2023 | 09:42

ސަން ސިޔާމްގެ ދިފާއުގައި ފުލުހުންނާއި ސަރުކާރު ނުކުމެއްޖެ!

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފެހެއްޓި މައްސަލައިގެ ތެރެއަށް ދިވެހި ސަރުކާރާއި ފުލުހުން ވަދެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިންގައި އުޅުއްވުމަށް ފަހު، ސިޔާމް ސިންގަޕޫރަށް ވަޑައިގެންފައިވާ އިރު، "ވޮއިސް" ކަށަވަރުވެފައިވާ ގޮތުގައި ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ހިލްޓަން އިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ ސަން ޓްރެވަލްސް އިން ނ. އިރުފުށީގެ އެއްބަސްވުން ބާތިލުކުރީ 30 އޭޕްރިލް 2013ގަ އެވެ. އެއްބަސްވުން ބާތިލުކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމުން، އާބިޓްރޭޝަނުން 'ފައިނަލް އެވޯޑް' ނެރެ ސަން ޓްރަވަލްސްއަށް އެންގީ 20.9 މިލިއަން ޑޮލަރާއި ޖޫރިމަނާ އާއި އިތުރު ހަރަދުތައް ދެއްކުމަށެވެ.
އެކަމަކު ހުކުމާ އެއްގޮތަށް އެ ފައިސާ ނުދެއްކުމުން އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހިލްޓަންއިން ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅީ އެވެ.

މިފަދަ މައްސަލަތަކުގައި ސިންގަޕޫރުގެ ގާނޫނުގައި އޮންނަ ގޮތުން ސިޔާމަކީ ފިލާފާނެ ބޭފުޅެއްގެ ގޮތުގައި ބަލައި ފުރުން މަނާކޮށްފައިވާއިރު، އޭނާގެ ދިފާއުގައި ފޮރިން މިނިސްޓްރީން ސިންގަޕޫރަށް ފޮނުވި ސިޓީގައި ވަނީ ސިޔާމަކީ ދެކުނު ކޮރެއާ އާއި ރޯމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި އޮނަރަރީ ކޮންސުލްގެ މަގާމްގައި ހުންނެވި ރަނގަޅު ޝަހުސިއްޔަތެއްކަން ފާހަގަކޮށްފައިވެ އެވެ.

އަދި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިވަޑައިގެންނެވުމުގެ އިތުރަށް އޭނާއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމުން އެވޯޑް ލިބިވަޑައިގެން ހުންނެވި ދިވެހި ވިޔަފާރިވެރިއެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ޚިދުމަތްތެރި އަދި ރާއްޖޭގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ކަމަށް ފޮރިން މިނިސްޓްރީގެ ސިޓިގައި ވެ އެވެ.

އެހެންކަމުން ސިޔާމާ މެދު ގޮތެއް ނިންމުމުގެ ކުރިން ސިޓީގައިވާ ކަންކަމަށް ރިއާޔަތް ކޮށްދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އެ މައްސަލާގައި ފުލުހުން ފޮނުވި ސިޓީގައިވެސް ވަނީ އެކަންކަން ފާހަގަކޮށް، ސިޔާމް އަކީ އެއްވެސް ކުށުގެ ރިކޯޑެއް ނެތް މީހެއް ކަމަށާ، އަދި އޭނާ އާއި ދެކޮޅަށް ފުލުހުން އެއްވެސް ތަހުގީގެއްވެސް ހިންގަމުން ނުދާ ކަމަށް އެ ސީޓީގައި ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.