އިންތިގާލީ ތަރުޖަމާނުގެ ޕްރެސް ކޮންފަރެންސް/ ފޮޓޯ: އިންތިގާލީ ރައީސް އޮފީސް
އިންތިގާލީ ތަރުޖަމާނުގެ ޕްރެސް ކޮންފަރެންސް/ ފޮޓޯ: އިންތިގާލީ ރައީސް އޮފީސް
ހަބަރު 21 Oct 2023 | 12:11

އާ ސަރުކާރަށް 2024 ގެ ބަޖެޓުން ލިބެނީ ހަނި ގާޖައެއް: އިންތިގާލީ ތަރުޖަމާނު

2024 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާ ދައުލަތުގެ ބަޖެޓުގެ ތެރެއިން އަލަށް އިންތިޚާބުވި ސަރުކާރުން ބޭނުންވާ ކަންކަން ހިމެނުމަށް ލިބެނީ ވަރަށް ހަނި ޖާގައެއްކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަަވަމުން ފިރުޒުލް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި އާ ސަރުކާރުން ބޭނުންވާ ކަންކަން ހިމެނުމުގައި ހުރި ބައެއް ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިއަހަރުގެ ބަޖެޓުގެ އިތުރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށައަޅުއްވާފައިވާއިރު، އެއީ އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒުއާއި އެއްވެސް މަޝްވަރާއެއް ކުރެއްވުމަށްފަހު ހުށައެޅުއްވި ބަޖެޓެއް ނޫންކަން ފިރުޒުލް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓަށް އާ ސަރުކާރުން ހުށައަޅަން ބޭނުންވާ ކަންތައްތައް ހުށައެޅުމަށް ލިބެނީ ވަރަށް ހަނި ޖާގައެއް ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި އެ ފުރުސަތުގައި އާ ސަރުކާރުން ހިމަނާނީ ފުރަތަމަ 100 ދުވަހުގެ ޕްލޭނުގައި ހިމެނޭ ކަންކަން ފުއްދުމަށް ބޭނުންވާ ބަޖެޓުކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"މި ލިބުނު ކުޑަ ވިންޑޯގެ ތެރެއިން އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކަށް ވާނީ އަލަށް ފެށިގެންދާ ސަރުކާރުގެ 100 ދުވަހުގެ ޕްލޭނަށް ބޭނުންވާ މަސައްކަތްތަކުގެ ބިންގާ އެޅިގެން އެ ކަންކަމަށް މަގުފަހިކުރުން"

އިންތިގާލީ ތަރުޖަމާނު ފިރުޒުލް

ފިރުޒުލް ވިދާޅުވީ 2024 އަށް ލަފާކުރާ ބަޖެޓުގައި އާ ސަރުކާރުން ހިމަނާނެ ކަންތައްތަކެއް އެކުލަވާލުމަށް އިންތިޚާބީ ރައީސް އެކުލަވާލައްވާފައިވާ ބެޖޓު ކޮމެޓީއިން ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމަކާއި އެކު މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ޖުމްލަ ގޮތެއްގައި ބަޖެޓުއެކުލަވާލުމުގައި އާ ސަރުކާރުގެ ވިސްނުމަކަށް ވާނީ، ވައުދުތައް ފުއްދުމާއެކު 2024 ވަނަ އަހަރަށް އެކަނި ވިސްނުމުގެ ބަދަލުގައި ދުރަށް ވިސްނައިގެން އެންމެ ފަހި އުއްމީދީ މަގަކަށް ގެންދިއުމަށްކަމަށް ފިރުޒުލް ވިދާޅުވި އެވެ.

އޭގެ އިތުރުން ބަޖެޓުގެ މަސައްކަތް ކުރަމުންދާއިރު، ހަމަހަމަކޮށް ރަށްރަށުގައި ހިނގާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެގޮތަށް ބަޖެޓުގެ ތަސައްވުރު ހިމެނޭ ކަންތައްތަކަށް އިސްކަންދެއްވާނެކަމަށް ފިރުޒުލް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.