މާދަމާ އިސްލާމީ މަރުކަޒުގައި ހުކުރު ކުރައްވާނީ މިނިސްޓަރު ޝަހީމް!
މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުން އަޢުޒަމްގައި މާދަމާ ހުކުރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސައީދު ކަމުގައި އެ ވުޒާރާއިން ބުނެފިއެވެ.
މާދަމާގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ "ކުޑަކުދިންނަށް އަޅާލުމާއި އޯގާތެރިވުން" މިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޝަހީމަކީ މީގެ ކުރިން ވެސް އިސްލާމީ މަރުކަޒުގައި ހުކުރުނަމާދު ހިމެނޭހެން އަދިވެސް އެހެނިހެން ނަމާދުތައް އިމާމުވެ ކުރައްވާ ބޭފުޅެކެވެ. އެގޮތުން މިނިސްޓަރު ޝަހީމަކީ ރަމްޟާންމަހުގައި މާލޭގެ މިސްކިތްތަކުގައި އިމާމްވެ ދަމުނަމާދު ވެސް ވަރަށް ގިނައިން ކުރައްވާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް