ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ
އާއިލާ އަށް ވިނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެއެވެ.
އިއްޔެ ރޭގެ ވަގުތެއްގައި ހުޅުމާލޭ ފޭސް 2ގެ ޕޮލިސް ސްޓޭޝަނަށް ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު (17 އަހަރު) ގެއްލިގެން އޭނާގެ އާއިލާއިން ރިޕޯޓު ކޮށްފައިވެއެވެ.
މިރޭ ޕޮލިހުން ވިދާޅުވެފައިވަނީ ނާފިޢު ފެނިފައި ވާކަމަށެވެ.
އަދި އޭނާ ވަނީ އަމިއްލައަށް ގެއަަށް އައިސްފައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް