ވަގުތު ޓީވީ އިފްތިތާޙް ކޮށްފި
ރާއްޖޭގައި ހިންގާ ވަގުތު ނޫހުން އެ ނޫހުގެ ޓީވީ ޗެނަލް އިފްތިތާޙް ކޮށްފިއެވެ.
ރޭ ދިމްޔާތު ގައި ބޭއްވި ރަސްމިއްޔާތެއްގައި ވަގުތު ޓީވީ އިފްތިތާޙް ކޮށްދެއްވައިފައިވަނީ މީޑިޔާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަހްމަދު ޝިޔާމެވެ.
ރޭ 10:00 ޖެހިއިރު މީޑިއާނެޓް 109 އިން ވަގުތު ޓީވީގެ ފުރަތަމަ ޕްރޮގްރާމް ވަނީ ގެނެސްދީފައެވެ. އެ ޕްރޮގްރާމްގެ ނަމަކީ ހޫނު ގޮނޑި އެވެ.
ފާއިތުވި މަހެއްހައި ދުވަހު މީސް މީޑިއާ އިން ވަނީ 109 އާއި ގުޅޭ ގިނަ ޕޯސްޓަރުތަކެއް އާއްމު ކޮށްފައެވެ. ސިޔާސީ ބޭފުޅުންނާއި، އިޖުތިމާއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ ޕޯސްޓަރުތައް ވެސް ވަނީ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.
ވަގުތު އިން އަލަށް ފެށި ޓީވީ އާއި އެކު ވަގުތުގެ އިތުރު އުފެއްދުންތަކެއް ފެނިގެން ދާނެ ކަމަށް ވަގުތުން ބުނެފައިވެއެވެ. އަދި މި ޓީވީ ޗެނަލގެ ސަބަބުން ހުނަރުވެރި ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް ވެސް ވަގުތުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް