މަސް ހިފަން ނިކުމެ އުޅުނު ޒުވާނަކު ގެއްލިއްޖެ
މަސް ހިފަން ނިކުމެ އުޅުނު ޒުވާނަކު ގެއްލިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ މުހަައްމަދު ނާއިޝް ނަސްރު ކަމަށެވެ. ނާއިޝް އަކީ އައްޑޫ މަރަދޫއަށް ނިސްބަތްވާ ޒުވާނެކެވެ.
ނާއީޝް ގެއްލިފައިވަނީ އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް މަސް ހިފަން މޫދަށް އެރި އުޅެނިކޮށް ކަމަށާ، އޭނާ ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓް ކުރީ ރޭ 10:10 ހާއިރު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އަދި އޭނާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް