މާލޭ ގެއެއްގައި ގޭސް ލީކްވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާލެގެ ގެއެއްގައި ގޭސް ލީކްވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ މ. ދިލީވިލާގައި ގޭސްގުޅިއެއް ގޮވި ހާސިއެއް ހިނގާފައިވާކަމަށެވެ. އަދި އެހާދިސާއާއި ގުޅިގެން އަންހެނެއްގެ މޫނުން ބައެއް ފިހިފައިވާ ކަމަށާއި އެ ހާދިސާ ހިނގީ ގޭސް ލީކް ވެފައި ހުއްޓާ އުނދުން ރޯ ކުރުމުން ކަމަށް ބެލެވޭ ކަމަށެވެ.
ހާދިސާގައި ފިހުނު މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
ހާދިސާ ހިނގިގޮތް ބެލިމަށް ސިފައިން ވަނީ އެގޭގައި ހަރަކާތްތެރިވެފައެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ގދ. ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވި ހާދިސާއެއްގައި ހަށިގަނޑުން ބައެއް ފިހުނު އަންހެނަކު ވަނީ ނިޔާވެފައެވެ. އަދި 2018 ވަނަ އަހަރުވެސް މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަނިޔާވި އަންހެނަކު އިންޑިޔާގައި ފަރުވާ ހޯދަމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް