ފުވައްމުލަކުގައި ޑައިވަރުންނާއި ގެސްޓްހައުސްތަކުގެ ވެރިން މުޒާހަރާ ކުރަނީ
ފުވައްމުލަކު ސިޓީގައި ޑައިވަރުންނާއި ގެސްޓްހައުސްތަކުގެވެރިން އެސިޓީގެ ކައުންސިލާއި ދެކޮޅަށް މުޒާހަރާ ކުރަމުންއެބަގެންދެއެވެ.
ފުވައްމުލަކުގެ ޑައިވަރުންނާއި ގެސްޓްހައުސްތަކުގެ ވެރިން އެސިޓީގެ ކައުންސިލާއި ދެކޮޅަށް މުޒާހަރާ ކުރަމުންމިދަނީ އެކައުންސިލުން އެމީހުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދްމަތްތައް ފޯރުކޮށްނުދީ ގެސްޓްހައުސް ހިންގާ މީހުންނާއި ޑައިވަރުން އަތުން ބޮޑު ފީއެއް ނެގުމަށް ނިންމުމާއި ގުޅިގެނެވެ.

މުޒާހަރާ ކުރަމުންދާ މީހުންދަނީ ޝުއޫރުފާޅުކޮށް ބޯޑުތަކާއި އެކު ކައުންސިލްގެ އިދާރާ ތެރެއަށް ވަދެ ހަމަހިމޭން އިހްތިޖާޖެއްކޮށްފައިވެއެވެ.
މުޒާހަރާގެ ބައިވެރިން ގެންގުޅުނު އެއް ސައިންބޯޑުގައި ލިޔެފައިވަނީ ކުރިއަރަމުން އަންނަ އިންޑަސްޓްރީއެއް ހަލާކުކޮށްލުން ހުއްޓާލުމަށް ގޮވާލައިފައިވެއެވެ. އަދި އެމީހުންބޭނުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ކަމަށާއި ފައިސާގެ ސްކީމެއް ނޫން ކަމަށް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް