ނަޝީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ނަޝީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު 23 Jul 2023 | 17:11

ކޮވިޑްގެ ވާހަކަ ހިފައިގެން ހިނގާނެކަމެއް ނެތް، ވޯޓެއް ނުލިބޭނެ: ނަޝީދު

ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމުގެ ނިޔަތުގައި ކޯވިޑް-19 މެނޭޖުކުރި ގޮތުގެ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް ކަމަށާއި، އެ ވާހަކަތައް ދައްކައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ނުލިބޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ދަ ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ރައީސް ޞާލިހު ރިޔާސީ ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން ވައުދުފުޅުވެލައްވަމުންދާ ގޮތަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ވައުދުފުޅު ވަނީ އެ ވައުދުތައް ފުއްދާނެ ގޮތެއް ހޯއްދަވާފައި ނޫންކަމަށެވެ. އަދި ގިނަ ފަހަރަށް ވައުދުތައް ވެލައްވަނީ ރަށްރަށަށް ވަޑައިގަތުމުން، އެކި މީހުންގެ ފަރާތުން ހުށައަޅާ ހުށައެޅުންތަކަށް ބިނާކޮށް ކަމަށެވެ.

އެހެންކަމުން އެފަދައިން ވައުދުތައް ވެލައްވައިގެން ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުކުރެއްވޭނެކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދަންނަވަންތޯ ރިޔާސީ އިންތިޚާބު ކާމިޔާބު ވަނީ ވެލައްވާ ވައުދުތަކަކަށް ނޫން. ކުރި ކަމަކަށެއް ނޫން. އުންމީދަކަށް. ކުރާން އޮތް ކަމަކަށް. ވާން އޮތް ގޮތަކަށް"

ރައީސް ނަޝީދު

އެ ވާހަކައާއި ގުޅުވާ ނަޝީދު ވިދާޅުވީ ވެރިކަމުގައި ކޮށްދިން ކަންކަމުގެ ވާހަކަ ދައްކައިގެން ވެސް ދެވަނަ ދައުރެއް އަދި ނުހޯއްދެވޭނެ ކަމަށެވެ.

އެގޮތުން ރައީސް ޞާލިހުގެ ވެރިކަމުގައި ދިމާވި ކޯވިޑް-19 ގެ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުން ކަންކަން މެނޭޖުކުރި ގޮތުގެ ވާހަކަތައް މިއަދާއި ހަމަޔަށް ދައްކަމުން އައިސްފައިވާއިރު، އަދި އެކަންކަން ފާހަގަކޮށް ރައީސް ޞާލިހަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ތައުރީފު ކުރައްވަމުންދާއިރު، އެ ވާހަކަތައް އެ މޭރުމުން ދައްކައިގެން ދެވަނަ ދައުރެއް، ނުވަތަ ރައްޔިތުންގެ ވޯޓެއް ނުލިބޭނެކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ކޮވިޑްގެ ވާހަކަ ދައްކަމުން ހިނގާނެ ކަމެއް ނެތް. އަދި އުމްރާނީ ވަސީލަތެއް ފޯރުކޮށްދެވިފަ އޮތަތީ އެ ވާހަކަ ދެއްކެވި ނަމަވެސް، އެ މަޝްރޫއު އޮތީ ނިމިފައި"

ރައީސް ނަޝީދު

އެކަން ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބުތަކުގައި ރައްޔިތުންނަށް ބުނެދޭންވީ ދެން އަންނަ ވެރިކަމެއްގައި ވާން އޮތް ކަންކަމުގެ ވާހަކަ ކަމަށެވެ. އިންތިޚާބުގެ ނަތީޖާ ބިނާވަނީ ރައްޔިތުން އޮތް އުންމީދުތަކުގެ މައްޗަށްކަމަށް ނަޝީދު ވިދާޅުވި އެވެ.

އެއާއެކު ނަޝީދު ވިދާޅުވީ ދަ ޑިމޮކްރެޓްސްއިން ވެރިކަމަށް ނިކުތީ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދިނުމަށް ކަމަށެވެ. ވައްކަމާއި ކޮރަޕްޝަނާއި ދުރު، ރައްޔިތުން ބޭނުންވާ ފަހި ދިރިއުޅުން ހޯދައި ދިނުމަށް ކަމަށެވެ.

އެހެންކަމުން މި އިންތިޚާބުގައި އިލިޔާސް ދެވަނަ ބުރަށް ދާނެ ކަމަށާއި، އަދި އެމްޑީޕީގެ ގިނަ މެމްބަރުންގެ ވޯޓު ވެސް ދަ ޑިމޮކްރެޓްސްއަށް ލިބިގެންދާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި
15 Oct 2026 ހަބަރު

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތް މައްސަލާގައި ހިމެނޭ ދިވެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ރައީސް ނަޝީދު
09 Oct 2026 ހަބަރު

ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ ...