އަލިފާނުގެ ހާދިސާގައި ގެއްލުންވެފައި
އަލިފާނުގެ ހާދިސާގައި ގެއްލުންވެފައި
ހަބަރު 23 Oct 2026 | 11:42

ހިޔާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް، ބަދިގެ އަނދައިފި

‏ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެންޑީއެމްއޭ އިން ބުނީ މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އެގޭގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Uploaded image

އެގޮތުން ހަތަރު މީހަކަށް 1 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި 5 ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް އެ އޮތޯރިޓީން ވަނީ ހަމަޖައްސަދީފައި އެވެ. މިހާދިސާ އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑެތްގެ ބަންދަށް 12 ދުވަސް، ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާ
23 Oct 2026 ހަބަރު

ޑެތްގެ ބަންދަށް 12 ދުވަސް، ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާ

. އެ އަމުރު ނެރުނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލަ އެވެ.

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި
23 Oct 2026 ހަބަރު

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރަސްމީ ނިޒާމުގެ ތެރެއިން ގައުމަށް ފައިސާ ފޮނުވުން )ރެމިޓެންސް( ފަސޭހަކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް ހުޅުވުމުގެ ފުރުސަތުތައް ބަންގްލަދޭޝް ބޭންކް )ބީބީ( އިން ބަލަން ފަށައިފިއެވެ.

ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ
23 Oct 2026 ހަބަރު

ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ

ރަށު ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ފަސް ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދިވެސް ފެންގަނޑު ހިންދިފައި ނުވާ ކަމަށެވެ. މި ނާޒުކު ޙާލަތުން އަރައިގަތުމަށްޓަކައި ކައުންސިލުން މިހާރު ވަނީ ސިފައިންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ
23 Oct 2026 ހަބަރު

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް
23 Oct 2026 ހަބަރު

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް

މާދަމާވެސް ބޯކޮށްވާރޭ ވެހޭނެ ކަމަށާ، ރާއްޖޭގެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ )މެޓް( އިން ލަފާކޮށްފިއެވެ.

40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި؛
23 Oct 2026 ހަބަރު

40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި؛

މެޓް އޮފީހުން ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށެވެ. އެ ސަރަހަައްދަށް ހުދު ސަމާލުނެރުނީ 15:00 އާ ހަމައަށެވެ.

ވިއްސާރައިގައި އުތުރުގެ ރަށްތަކުގެ ގިނަ ގެތަކަކަށް ގެއްލުން؛ ބައެއް ގެތަކުގެ އަޑިންވެސް ފެން އަރަމުންދޭ: އެންޑީއެމްއޭ
23 Oct 2026 ހަބަރު

ވިއްސާރައިގައި އުތުރުގެ ރަށްތަކުގެ ގިނަ ގެތަކަކަށް ގެއްލުން؛ ބައެއް ގެތަކުގެ އަޑިންވެސް ފެން އަރަމުންދޭ: އެންޑީއެމްއޭ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން ބުނެފިއެވެ.