މާލޭގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފި
ސްޓެލްކޯއިން ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ މިއަދު މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ މި މަސައްކަތަށް މައްޗަންގޮޅީގެ ޖަވާހިރު މަގު، މުއިވެޔޮ މަގު، ކޯރުކެނޑި މަގު އަދި އަސަރީ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 17:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމުގައެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް