ރ.އަތޮޅު ފުޓްސަލް މުބާރާތުގައި ވާދަކުރާ އިނގުރައިދޫގެ ފުޓްސަލް ޓީމު. ފޮޓޯ: ވޮއިސް
ރ.އަތޮޅު ފުޓްސަލް މުބާރާތުގައި ވާދަކުރާ އިނގުރައިދޫގެ ފުޓްސަލް ޓީމު. ފޮޓޯ: ވޮއިސް
ކުޅިވަރު 23 Dec 2023 | 14:20

މިބުޝާމްގެ ދެލަނޑާއެކު އިނގުރައިދޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

މިހާރު އިންނަމާދޫގައި ކުރިއަށްދާ ރ.އަތޮޅު ފުޓްސަލް މުބާރާތުގެ ގުރޫޕް އޭގެ ފުރަތަަމަ މެޗުގައި މިއަދު ހަވީރު 2-1 ގެ ނަތީޖާއަކުން މަޑުއްވަރީ ބަލިކޮށް އެންމެ ފަހުގެ ރަނައަޕް އިނގުރައިދޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނޖ މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އިނގުރައިދޫ ޓީމުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ހުސެއިން މިބްޝާމް އެވެ.

މިއީ އެޓީމުގެ ކެޕްޓަން އަހުމަދު އައިހަމް މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް މަޑުއްވަރީ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިނގުރައިދޫ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، މިމެޗުގައި އިނގުރައިދޫގެ ދެވަނަ ލަނޑު ފަހު ހާފުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ހުސެއިން މިބުޝަމް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ކެޕްޓަން އަހުމަދު އައިހަމް ހުރަސްކޮށްދިން ބޯޅައެއް މަޑުއްވަރީ ޕެނަލްޓީ އޭރިއާ ބޭރުން، އެއްފަހަރުން ޖަހައި ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން މަޑުއްވަރީ ޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ހުސެއިން އިރުފާހް އެވެ. މިއީ އެޓީމުގެ މާއިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި އިނގުރައިދޫގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން އިނގުރައިދޫ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އިނގުރައިދޫ ޓީމުގެ ކެޕްޓަން އަހުމަދު އައިހަމް އެވެ.

ޗެންޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ، މިއަހަރުގެ މުބާރާތުގައި ޖުމްލަ 7 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މި މުބާރާތުގައި މިރޭ ވެސް ދެމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، 20:00 ގައި ފަށާ ފުރަތަަމަ މެޗުގައި ވާދަކުރާނީ ގުރޫޕް އޭގެ އިންނަމާދޫ އާއި އަލިފުށީ ރެކްރިއޭޝަން ކުލަބެވެ. އަދި 21:00 ގައި ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ގުރޫޕް ބީގެ އުނގޫފާރު އަދި ދުވާފަރު އެސްސީ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...