ރައީސް ޑރ.މުއިއްޒު
ރައީސް ޑރ.މުއިއްޒު
ހަބަރު 24 Oct 2026 | 18:47

ޓެކުހާ ގުޅޭ މުއާމަލާތްތަކުގައި އެސްއެމްއީ ވިޔަފާރިތަކަށް ވަރަށް އަވަހަށް ލުއިތަކެއް ލިބިގެންދާނެ: ރައީސް ޑރ. މުއިއްޒު

ޓެކުހާ ގުޅޭ ބައެއް މުއާމަލާތްތަކުގައްޔާއި، ވިޔަފާރި ހިންގުމުގައި ކުރިމަތިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިރޭ ބޭއްވި "ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށްޓަކައި ސަރުކާރުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ސަރުކާރުގެ މަސައްކަތްތައް ނަގައިގެން ކުރިއަށްގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދެވި ލަސްވުމުގެ ސަބަބުން ޓެކްސް ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ. މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ، ކުންފުންޏަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކުހުގެ އަދަދަށްވުރެ އެ ކުންފުންޏަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ އިތުރުވެފައި، އެ ފައިސާ ނުދެވިއްޖެ ހާލަތެއްގައި އެފަހަރު ޓެކްސް ދައްކަން ނުޖެހޭނޭހެން އޮފްސެޓް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށެވެ. އަދި އެގޮތަށް ހަމަޖައްސާއިރު، ބާކީ އޮންނަ ބައި ސަރުކާރުން ވިޔަފާރިތަކަށް ދައްކާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާނެކޮޅަށް، ސަރުކާރުން އެ ފަރާތަށް ދޭން އޮންނަ އަދަދަށް ވުރެ ޓެކްސް ބޮޑިއްޔާ، އެ ބައި ކަނޑާފަ، ދެން ޓެކްސް ދައްކަން ޖެހޭނީ. އެހެންވީމަ ޓެކްސް ދައްކަން ޖެހޭ އަދަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ. މީ ވަރަށް ގިނަ ފަރާތްތަކަށް ލުއި ލިބިގެންދާނެ ކަމަކަށް ވާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މީގެއިތުރުން، ޖީއެސްޓީ ރަޖިސްޓްރީ ކުރަންޖެހޭ އަހަރީ ތްރެޝްހޯލްޑް މިހާރު އޮންނަ 1 މިލިއަން ރުފިޔާއިން، އަންނަ ޖެނުއަރީ 1 އިން ފެށިގެން 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ނިންމާފައިވާކަން ރައީސް އިޢުލާން ކުރެއްވިއެވެ. މިކަމަށްޓަކައި ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްއެސްއެމްއީ ސެކްޓަރަށް ލިބިގެންދާނެ އިތުރު ލުއިތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އުފައްދާ މުދަލަށް ބޭނުންވާ ރޯ މެޓީރިއަލްގެ ފުރިހަމަ ލިސްޓެއް އެކުލަވާލައި، އެ ލިސްޓުގައިވާ ބާވަތްތަކުން ޑިއުޓީ ކަނޑާލައި ސުމެއް އިންސައްތައިގައި އިމްޕޯޓް ޑިއުޓީ ނަގާގޮތަށް 1 ޖެނުއަރީ 2027 އިން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަކަށް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.

ދިވެހި ކުދި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގައި ހުރި ދަތިތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީއާއި ބީސީސީ އަދި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އަދި މިގޮތަށް ލިބޭ ޑޮލަރު، ކާޑު މެދުވެރިކޮށް އަދި ރެމިޓެންސްގެ ޒަރީއާއިން ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށާއި، ވިޔަފާރިތަކަށް ބޭނުންވާ ސަބްސްކްރިޕްޝަން ފަދަ ޕޭމެންޓްތައް ދެއްކުމަށް އެއްވެސް ދަތިކަމެއް ނެތި ބޭނުންކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރުން ނިންމި މި މުހިންމު ނިންމުންތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރައި، އެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މީގެ ކުރިން ދުވަހަކު ވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ ބޮޑު މައުރަޒެއް މިފަހަރު ބޭއްވިގެންދާނެ: ސައީދު
24 Oct 2026 ހަބަރު

މީގެ ކުރިން ދުވަހަކު ވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ ބޮޑު މައުރަޒެއް މިފަހަރު ބޭއްވިގެންދާނެ: ސައީދު

ނިސްޓަރު ސައީދު ވިދާޅުވީ، މާދަމާ ރޭ ހުޅުވިގެންދާ މި މައުރަޒު ވެގެންދާނީ މިދިޔަ އަހަރާއި އަދި އޭގެ ކުރިން ބޭއްވުނު މައުރަޒުތަކާ އަޅާބަލާއިރު، ހުރިހާ ގޮތަކުން ވެސް އުފެއްދުންތެރިކަން އިތުރު މައުރަޒަކަށް ކަމަށެވެ.

އދ. ވާންޖެހޭނީ ޤާނޫނުތަކަށް ތަބާވާ، އިތުބާރާއި ޒިންމާދާރު މުއައްސަސާއަކަށް: ރައީސް ޑރ.މުއިއްޒު
24 Oct 2026 ހަބަރު

އދ. ވާންޖެހޭނީ ޤާނޫނުތަކަށް ތަބާވާ، އިތުބާރާއި ޒިންމާދާރު މުއައްސަސާއަކަށް: ރައީސް ޑރ.މުއިއްޒު

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އދ. ގެ އިތުބާރު ދެމިއޮތުމުގެ އަސްލަކީ ޤައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި ޒިންމާދާރުކަން ފާހަގަކުރައްވައި ވިދާޅުވީ، އެކަން ޙަޤީޤަތަކަށް ހެދޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތަކަށް އެންމެހައި ޤައުމުތަކުން ތަބާވެ، މުޢާހަދާތައް ފުރިހަމައަށް ތަންފީޛުކުރެވިގެންކަމަށް ވިދާޅުވިއެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ވިއްސާރާގައި އުތުރުގެ ބައެއް ރަށްތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ފަށައިފި
24 Oct 2026 ހަބަރު

ވިއްސާރާގައި އުތުރުގެ ބައެއް ރަށްތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ފަށައިފި

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، މިފަހުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ފެންބޮޑުވެ ގެއްލުންވި ރަށްތަކުގެ އެންމެ ފަހުގެ ހާލަތު އެންޑީއެމްއޭ އިން ވަނީ އާންމުކޮށްފައެވެ

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން
24 Oct 2026 ހަބަރު

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން

އެމްޓީސީސީން ބުނި ގޮތުގައި، މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ވަރަށް ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.

އީގަލް ހިލްސް މަޝްރޫޢު ފުރިހަމަ، އަލައްބާރާއި ޔަހޫދީންނާ ގުޅުވޭކަށެއްނެތް: ރައީސް ނަޝީދު
24 Oct 2026 ހަބަރު

އީގަލް ހިލްސް މަޝްރޫޢު ފުރިހަމަ، އަލައްބާރާއި ޔަހޫދީންނާ ގުޅުވޭކަށެއްނެތް: ރައީސް ނަޝީދު

މަޝްރޫއު ހިންގުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރާއްޖެއަށް ނުހަނު ފައިދާހުރި ރަނގަޅު މަޝްރޫއެއް ކަމަށެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި
24 Oct 2026 ހަބަރު

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި

ތިނަދޫގައި ރޭޕް މައްސަލައެއް ފެންމަތިވެފައިވަނީ، މިދިޔަ ހަފްތާގައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ރޭޕް މައްސަލާގައި 22 އަހަރުގެ އަންހެނަކަށް އެކި ގޮތްގޮތުން ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭއިރު، ފުލުހުން މިއަދު ބުނީ މައްސަލައާ ގުޅިގެން 9 މީހަކު ފުލުހުންގެ ބެލުމުފެ ދަށަށް ގެނެސްފައިވާކަމަށެވެ