ރައީސް ނަޝީދު... ފޮޓޯ: ވޮއިސް
ރައީސް ނަޝީދު... ފޮޓޯ: ވޮއިސް
ހަބަރު 24 Oct 2026 | 09:31

އީގަލް ހިލްސް މަޝްރޫޢު ފުރިހަމަ، އަލައްބާރާއި ޔަހޫދީންނާ ގުޅުވޭކަށެއްނެތް: ރައީސް ނަޝީދު

އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރާއި ޔަހޫދީންނާ ގުޅުވައިގެން ވާހަކަ ދެއްކޭނެ ޖާގައެއް ނެތް ކަމަށާއި، އެއީ ވަރަށް ރަނގަޅު މަޝްރޫއެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އީގަލްސް ހިލްސް އާ ހަވާލުކޮށްފައިވާއިރު، މި ބޮޑު މަޝްރޫއު ހިންގުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރާއްޖެއަށް ނުހަނު ފައިދާހުރި ރަނގަޅު މަޝްރޫއެއް ކަމަށެވެ.

އަލައްބާރާއި ޔަހޫދީންނާ ގުޅުވަންޖެހޭ އެއްވެސް ސަބަބެއް ނެތް. އަލައްބާރަކީ ޔޫއޭއީ ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާ. އޭނާގެ އިސްރާއީލު ރަހުމަތްތެރިން ތިބެދާނެ، އެހެން ނަމަވެސް އޭނާއަކީ ޔަހޫދީންގެ މަސްލަހަތު ކުރިއަރުވާ މީހެއް ނޫން،

ނަޝީދު ވިދާޅުވީ އެމްޑީޕީން އެފަދަ ހަނި ވިސްނުމެއް ގެންގުޅެފިނަމަ، އޭގެ ގެއްލުން ކުރިމަތިވާނީ ސީދާ ޕާޓީއަށެވެ. އަދި އަލައްބާރު ދަންނަ ޔަހޫދީން ތިބި ނަމަވެސް، އޭނާގެ މުޅި އަމާޒަކީ ޔަހޫދީން ކުރިއެރުވުން ކަމަށް ބުނެ ވާހަކަދެއްކުމަކީ ވަރަށް ހުތުރު އަދި ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކާ ގުޅިގެން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވަނީ، އީގަލް ހިލްސްގެ މަޝްރޫއާ ދެކޮޅަށް ޕާޓީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން އަޑުއުފުލައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މެންބަރަކަށް ފިޔަވަޅު ނޭޅޭނެ ކަމަށާއި، އެ ވާހަކަ ދެއްކުން ހުއްޓާލުމަށް ވެސް މަހުފޫޒު ވަނީ ގޮވާލައްވާފައެވެ.

މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ އެ މަޝްރޫއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، މި މަޝްރޫއާ ގުޅުވައިގެން އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ނުރައްކާތެރި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގައި މިހާރު ހުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިންވެސްޓްމަންޓްތަކަށް ވެސް ހުރަސްއެޅިގެން ހިނގައިދާނެ ކަމަށެވެ.

މީގެއިތުރުން، އެމްޑީޕީގެ އަސާސީ ސިޔާސަތުތަކާ ޚިލާފަށް ޕާޓީގެ މެންބަރުން ވާހަކަ ނުދެއްކެވުމަށް ނަޝީދު އިލްތިމާސްކުރެއްވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ޕާޓީން ވަކިކުރަން ޖެހުނީ ވެސް ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރެއްވުމުންކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. އަދި އީގަލް ހިލްސްގެ މަޝްރޫއު ރާއްޖޭގައި ހިންގުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެމަނިކުފާނުގެ ކަންބޮޑުވުމަކީ ހަމައެކަނި މާލެ ސަރަހައްދުގައި އެ މަޝްރޫއު ކުރިއަށްގެންދިއުން ކަމަށް ވެސް ނަޝީދު ކުރިން ވިދާޅުވެފައިވެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީން މީގެކުރިން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވަނީ، އެ ޕާޓީން އަބަދުވެސް ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ޕްރައިވެޓް ސެކްޓަރ ފުޅާކޮށް، ހަރުދަނާ އުސޫލުތަކުގެ މަތިން މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ޕާޓީން އަބަދުވެސް ތަރުހީބުދޭ ކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން
24 Oct 2026 ހަބަރު

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން

އެމްޓީސީސީން ބުނި ގޮތުގައި، މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ވަރަށް ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި
24 Oct 2026 ހަބަރު

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި

ތިނަދޫގައި ރޭޕް މައްސަލައެއް ފެންމަތިވެފައިވަނީ، މިދިޔަ ހަފްތާގައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ރޭޕް މައްސަލާގައި 22 އަހަރުގެ އަންހެނަކަށް އެކި ގޮތްގޮތުން ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭއިރު، ފުލުހުން މިއަދު ބުނީ މައްސަލައާ ގުޅިގެން 9 މީހަކު ފުލުހުންގެ ބެލުމުފެ ދަށަށް ގެނެސްފައިވާކަމަށެވެ

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި
24 Oct 2026 ހަބަރު

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ޒުވާނުން ބިނާކުރުމުގެ ހަރުދަނާ ބިންގަލަކަށް: ރައީސް ޑރ. މުޢިއްޒު
24 Oct 2026 ހަބަރު

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ޒުވާނުން ބިނާކުރުމުގެ ހަރުދަނާ ބިންގަލަކަށް: ރައީސް ޑރ. މުޢިއްޒު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ފެއްޓެވި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ސަވަރިން ފަންޑް 1.7 ބިލިއަން ރުފިޔާއަށް
24 Oct 2026 ހަބަރު

ސަވަރިން ފަންޑް 1.7 ބިލިއަން ރުފިޔާއަށް

މާލީ ވުޒާރާއިން ނެރެ އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯތްގައި ވާގޮތުން ސަވަރިން ފަންޑަށް މިހިނގާ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 1.72 ބިލިއަން ރުފިޔާ ޖަމާކޮށްފައި އެބަހުއްޓެވެ.

ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް މާފިލާފުށީގައި ފަށައިފި
24 Oct 2026 ހަބަރު

ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް މާފިލާފުށީގައި ފަށައިފި

14 ހަފުތާ ދެމިގެންދާ މި ތަމްރީނުގައި ބައިވެރިވާ ދަރިވަރުންގެ ތެރޭގައި 288 ފިރިހެނުންނާއި 64 އަންހެނުން ހިމެނެއެވެ. އެމީހުން ނިސްބަތްވަނީ 20 އަތޮޅުގެ 125 ރަށަކަށެވެ. ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކުރީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.