އުމްރާއަށް ގޮސް އުޅުނު ދިވެއްސެއް ނިޔާވެއްޖެ!
އުމްރާއަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ ހދ. ހަނިމާދޫ، އަލަމާގެ، ހާލިދް އިބްރާހިމް އެވެ.
ޚާލިދު އުމްރާގެ އަޅުކަމަށް ދިޔައީ މީގާތު ހައްޖު އުމްރާ ގްރޫޕުގެ ހަވާލު ގައި ކަމަށްވާއިރު, އެ ގުރޫޕުގެ ފޭސްބުކު ޕޭޖުގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރޭ ދަންވަރުގެ ވަގުތެއް ގައި އޭނާ ނިޔާވެފައިވާ ކަމަށް ބުނެފައެވެ.
މި ގުރޫޕުން ޢުމްރާއަށް ވަޑައިގެންނެވި އަލްފާޟިލް ޚާލިދް އިބްރާހިމް (އަލަމާގެ ،ހދ.ހަނިމާދޫ) ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައެވެ.
މީގާތު ގުރޫޕުން ވަނީ މަރުޙޫމުގެ އާއިލާއަށް އެ ގުރޫޕާއި ގުރޫޕުގެ ޢުމްރާވެރިންގެ ފަރާތުން ތަޢުޒިޔާ ދަންނަވާ ހެޔޮދުޢާކުރާ ކަމަށް ބުނެފަ އެވެ.
މީގެ ކުރިންވެސް އުމްރާގެ އަޅުކަމަށް ގޮސް ހުއްޓައި ދިވެހިން ނިޔާވެފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް