އައްޑޫ ސިޓީ ކުރީގެ ފައިވާން ފެކްޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިއަދު ހިނގި މި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ އައްޑޫ ސިޓީ ހިތަދޫ ކޮރުވައު ސަރަހައްދުގައި ހުންނަ ކުރީގެ ފައިވާން ފެކްޓްރީއެއްގައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފުވެފައި ނުވާކަމަށް ވޮއިސްއަށް މައުލޫމާތު ދެއްވަމުން ހިތަދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވިއެވެ.
މި ހާދިސާގައި އެ ފައިވާން ފެކްޓްރީގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާއިރު ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.
މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބުނުކަން އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް