ޑރ. އަބްދުﷲ ނިޔާފް-- ފޮޓޯ/ މިހާރު
ޑރ. އަބްދުﷲ ނިޔާފް-- ފޮޓޯ/ މިހާރު
ހަބަރު 28 Jul 2023 | 06:06

ބޭރަށް ހިންގުން އިންތިހާއަށް އިތުރުވާތީ، ރައްކާތެރިވުމަށް ޑރ. ނިޔާފްގެ އިރުޝާދު!

މާލޭގައި ބޭރަށް ހިންގުން އިންތިހާއަށް އިތުރުވާތީ، ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ރާއްޖޭގެ ފުންނާބު އުސް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަބްދުالله ނިޔާފް އިރުޝާދު ދެއްވައިފި އެވެ.

ޑރ. ނިޔާފް ކުރެއްވި ޓްވީޓެއްގައި ވަނީ، ބޭރަށް ހިންގާތީ ހޮސްޕިޓަލުގެ އެމެޖެންސީ އަށް ދައްކާ ތުއްތު ކުދިންނާއި، ކުޑަ ކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަން ފާހަގަކޮށް އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެހެންކަމުން، އެ ބަލިން ރައްކާތެރިވުމަށް، ތިމާ ބޯ ފެނަކީ، ސާފު ބޯފެންތޯ ޔަގީން ކުރުމަށް ނިޔާފް ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން، ކެއްކުމަށްފަހު، ފިނި ކޮށްފައި ހުންނަ ފެނާއި، ފިލްޓަރ ކޮށްފައި ހުންނަ ފެނަކީ ރައްކާތެރި ފެން ކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން، އަތް ރަނގަޅަށް ސާފުކޮށް ދޮވުމާއި، ތިމާގެ އަމިއްލަ ހަށިގަނޑުވެސް ސާފުތާހިރު ކަންމަތީ ބެހެއްޓުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ޑޮކްޓަރ ނިޔާފް ވިދާޅުވި އެވެ.

ބޭރަށް ހިންގުމަކީ އޭގެ ޒާތުގައި މާ ސީރިއަސް ބައްޔަކަށް ނުވި ނަމަވެސް، އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ނުރައްކާ ހާލަތަކަށް ބަދަލުވެގެންދާ ބައްޔެކެވެ.

ޚާއްސަކޮށް ކުޑަކުދިން ބޭރަށް ހިންގާނަމަ ޑީހައިޑްރޭޓްވެ، ހަށިގަނޑުން ފެން ހުސްވުމުގެ މިންވަރު އަވަސްވެއެވެ. އެހެންކަމުން ކުޑަކުއްޖަކު ބޭރަށް ހިންގާތާ 24 ގަޑިއިރުވާއިރުވެސް ބަލި ރަނގަޅު ނުވެއްޖެނަމަ، ވީ އެންމެ އަވަހަކަށް ޑޮކްޓަރުގެ އެހީ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ބޭރަށް ހިންގާނަމަ ކެއިން ބުއިމުގައި ސަމާލުކަންދޭންވީ ކަންތައްތައް:

ހަކުރުނާޅާ، އަލި ކުލައިގެ ބުއިންތައް ބޭނުންކުރުން

ބޮޑުކަމުދާ ކޮންމެ ފަހަރަކު ގިނައިން ދިޔާތަކެތި ބޭނުންކުރުން. (މަދުވެގެން 1 ޖޯޑު)

މައިގަނޑު ކެއުން ކާ ގަޑިތަކުގެ ދެމެދަށް އޮންނަ ގަޑިތަކުގައި ދިޔާތަކެތި ބޭނުންކުރުން

ޕޮޓޭސިއަމްއިން މުއްސަނދިވެފައިވާ ބާވަތްތައް ބޭނުންކުރުން. (މިސާލު: ތޮށި ނޮޅާފައި ހުންނަ އަލުވި، ދޮންކެޔޮ)

ލޮނު އެކުލެވޭ ބުއިންތައް ބޭނުންކުރުން

ކްރީމް ހުންނަ ކާބޯތަކެއްޗާ، ތެލުލި އެއްޗިއްސާ، ހަކުރުއެޅީ ކާބޯތަކެއްޗާ ދުރުވުން

ބަނޑުހަރުކުރަން އެހީވެދޭ ބަތާ، އޯޓްމީލް ފަދަ ކާބޯތަކެތި އިހުތިޔާރު ކުރުން

ޝުގާ-ފްރީ ޖަހާފައި ހުންނަ ޗުއިންގް-ގަމް، ބްރެތްފްރެޝް މިންޓްސް ބޭނުން ނުކުރުން

ކެފޭން ބޭނުންކުރުން މަދުކުރުން

ތުއްތު ދަރިފުޅަށް 6 މަސްވަންދެން ގާތުން ދޭ ކިރު ފިޔަވާ އިތުރު އެއްޗެއް ނުދިނުން

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު
15 Oct 2026 ހަބަރު

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު

ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ވަކި ބާވަތްތަކެއް ކަނޑައަޅައި، އެ ތަކެތި އިމްޕޯޓްކުރުމާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފި
15 Oct 2026 ހަބަރު

އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، އިބްރާޙިމް ނަޒީމް ވަކިކޮށްފިއެވެ. ޕީސީބީން ބުނީ އެ މަގާމުމް ނަޒީމް ވަކިކޮށް އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޑީސީޕީ )ރިޓަޔާޑް( އަޙުމަދު ސަޢުދީ ވަނީ އި އްޔެއިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި
15 Oct 2026 ހަބަރު

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތް މައްސަލާގައި ހިމެނޭ ދިވެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.