ޝަހީދު ހުސައިން އާދަމްގެ ބައްޕަ ނިޔާވެއްޖެ!
ޝަހީދު ހުސައިން އާދަމް ގެ ބައްޕާފުޅު، އާދަމް މުހައްމަދު ނިޔާވެއްޖެ އެވެ.
މިއަދުގެ ވަގުތެއްގައި އާދަމް މުހައްމަދު ނިޔާވެފައިވަނީ ލކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ. އާދަމް ނިޔާވިއިރު ދުނިޔޭގައި އަންބަކާއި 6 ދަރިން އެބަ ތިއްބެވެ.
އެ ބޭފުޅާއަށް ޖުމްލަ 13 ދަރިން ލިބިވަޑައިގެންފައިވެއެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ނަވާރަސަތޭކަ އަށްޑިހަ އަށް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ޚާއިނުންގެ ބަޔަކު މާލެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ދިފާއުކުރެއްވުމަށް ޖާނުން ގުރުބާންވެ ޝަހީދުވެ ވަޑައިގެންނެވި، ޝަހީދު ހުސައިން އާދަމް އެވެ.
ފުލުހުންގެ މައި މަރުކަޒަށް "ޝަހީދު ޙުސައިން އާދަމް ބިލްޑިން" ގެ ނަން ދީފައި ވަނީ ޝަހީދު ހުސައިން އާދަމްގެ އެ ގުރިބާނީގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް