މިރޭ މާލޭގައި ހަވާ އަރުވަނީ
މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމުގައި އެމްއެންޑީއެފުން ބުނެޖެއެވެ.
މާލޭގައި ކުރިއަށް ދާ އިވެންޓެއްގައި، މިރޭ 22:45 ހާއިރު، މާލޭގެ ހުޅަނގު ދެކުނުކަންމަތި ވެމްކޯ ސައިޓްގެ ބޭރުގަައި ހަވާ އެރުވުން އޮންނާނެ ކަމުގައި އެމްއެންޑީއެފުން ބުނާއިރު ގާތްގަނޑަކަށް 3 މިނެޓުގެ ވަގުތު ކޮޅަކަށް ހާވާ އެރުވުން ކުރިއަށް ދާނެއެވެ.
މިއީ އެމްއެންޑީއެފް އިން ވިޔަފާރީގެ އުސޫލުން ކުރާ ކަމެކެވެ.
ރާއްޖޭގައި ހަވާ އެރުވުމުގެ ކަންކަން އާއްމުކޮށް ކުރިއަށް ގެންދަނީ އެމްއެންޑީއެފް ސިފްކޯ ކުންފުނިންނެވެ.
އެކި އެކި މުނާސަބަތު ތަކާއި ގުޅުވައިގެން ހަވާ އެރުވުން މާލޭގައި ކުރިއަށްދާއިރު އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ އުސޫލުންވެސް މިކަން ކުރިއަށްދެއެވެެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް