ސްޓޭޓް ޝިޕިން ކުންފުނީގެ އެމްޑީ ގެ މަގާމަށް ޝަރީފު ހަމަޖައްސައިފި
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފް ހަމަޖައްސައިފިއެވެ.
އެމްއެސްއެސް ގެ އެމްޑީ ގެ މަގާމަށް ޝަރީފް މިއަދު އައްޔަނު ކުރިއިރު އެންމެ ފަހުން އެ ކުންފުނީގެ އެމްޑީގެ މަގާމު ފުރުއްވާފައި ވަނީ ކެޕްޓަން މުހައްމަދު ނާޒިމް އެވެ.
މި މަގާމަށް ޝަރީފް އައްޔަނުކުރުމުގެ ކުރިން އެބޭފުޅާ ދިޔައީ މި ސަރުކާރުން ޕޮލިސް ބޯޑަށް ރައީސް އައްޔަން ކުރައްވާ މެންބަރެއްގެ މަގާމުވެސް ފުރުއްވަމުންނެވެ.
އެމްއެސްއެސް އަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ލައިނާ ޝިޕިންގް ހިދުމަތް ފޯރުކޮށްދިނުމަށް 2020 ވަނަ އަހަރު އުފެއްދި އާ ޝިޕިންގް ކުންފުންޏެކެވެ. މިއީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް