ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސިފައިންގެ ތަމްރީނު ތަކެއް މިއަދު ކުރިއަށް ގެންދަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސިފައިންގެ ތަމްރީނުތަކެއް މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އެ އިދާރާއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 ޑިސެންބަރު 28 ވަނަ ދުވަހުގެ 09:00 އިން 16:00 އަށް ހުޅުމާލެ ފޭސް 2 ގެ އިރު އުތުރު ކަނާދިމާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ.
މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލެ ފޭސް 2 ގެ އިރު އުތުރުން 6100 މީޓަރ ދުރުމިނަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރު ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ތަމްރީނު ބަރުހަތިޔާރުން ކަނޑުގެ ސަރަހައްދަށް ލައިވް ފަޔަރިންގ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް