އެފްޑީސީގެ ނަމުގައި ސައްހަ ނޫން މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެދެފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެދިއްޖެ އެވެ.
އެކޯޕަރޭޝަނުން ފޭސްބުކް ގައި ކުރި ޕޯސްޓެގައި ބުނީ އެ ކޯޕަރޭޝަނުގެ ނަމުގައި ބައެއް ކަހަލަ ލިންކުތަކެއް ހިމެނޭ ގޮތަށް އާންމުންނަށް މެސެޖުތަކެއް ލިބެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެފްޑީސީއިން ބުނީ މިފަދަ އެއްވެސް މެސެޖެއް ނުވަތަ ލިންކެއް އެ ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ފޮނުވާފައި ނުވާނެ ކަމަށެވެ.
އެހެންކަމުން އެކޯޕަރޭޝަނުގެ ނަމުގައި ފޮނުވަމުންދާ ސައްހަ ނޫން މެސެޖް ތަކަށް އެހެންވެ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައިވެ އެވެ
ފަހަކަށް އައިސް ރާއްޖޭގައި އެކިއެކި އިދާރާތަކުގެ ނަމުގައި މިފަދަ ސައްހަ ނޫން މެސެޖްތައް ފޮނުވައި އޮޅުވާލައި މާކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ގިނައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް