ޕީއެންސީ ޖަލްސާގެ ތެރެއިން-- ފޮޓޯ: ވޮއިސް
ޕީއެންސީ ޖަލްސާގެ ތެރެއިން-- ފޮޓޯ: ވޮއިސް
ހަބަރު 28 Dec 2023 | 15:58

ޕީއެންސީގެ މެމްބަރުންގެ އަދަދު 40،000 މައްޗަށް އަރައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުންގެ އަދަދު 40،000 ވުރެ މައްޗަށް އަރައިފިކަމަށް ޕީއެންސީގެ ޗެއާ ޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ޕީޕީއެމް/ޕީއެންސީ ގެ "ދިވެހީންގެ ރާއްޖެ ފެށުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކޮށް ފުރަތަމަ ބުރު ނިންމާ، ދެވަނަ ބުރަށް ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީ ނުކުމެ އިންތިހާބު ކާމިޔާބު ކުރިއިރު ޕީއެންސީގައި ތިބި މެމްބަރުންގެ އަދަދަކީ 3،022 ކަމަށެވެ. ނަމަވެސް އިންތިހާބަށް ފަހު މިހާހިސާބަށް އެ ޕާޓީގައި ތިބި މެމްބަރުންގެ އަދަދު  40،000އިން މައްޗަށް އަރާފައިވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"އާދެ އަޅުގަނޑުމެން ދެ ޕާޓި މިއަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ވާދަކޮށް ފުރަތަމަ ބުރު ނިންމާ ދެވަނަ ބުރަށް އަޅުގަނޑުމެން ތިން ޕާޓީ، ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީ ނުކުމެ އިންތިހާބު ކާމިޔާބު ކުރިއިރު ޕީއެންސީގައި ތިބި މެމްބަރުންގެ އަދަދަކީ 3،022. މިރޭ މިތާގައި އަޅުގަނޑުމެން ޖަލްސާ ކުރަން އައިސް މިތިބިއިރު މިއަދު މިހާ ހިސާބަށް ޕީއެންސީގައި ދަފްތަރުގައި 40 އެތައް ހާސް މެމްބަރުންނެއް ވަނީ ރަޖިސްޓްރީ ކުރެވިފަ."

އަބްދުއްރަހީމް ވިދާޅުވިއެވެ.

މިކަމުން މި ދައްކާދެނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން ރައްޔިތުން ބަލައިގަނެ ކުރިއަށްދާން ތައްޔާރަށް ތިބިކަން ކަމަށާއި ދިވެހީންގެ ރާއްޖެ ބިނާކުރަން ދިވެހީން ތިބީ ތައްޔާރަށްކަން މިކަމުން ދައްކުވައިދޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިރޭގެ މި ޖަލްސާގައި ރައްޔިތުންގެ މަޖިލިސް އެމްޑީޕީގެ 13 މެމްބަރުން ވަނީ ޕީއެންސީއާއި ގުޅި، ފޯމް ވަނީ ހަވާލުކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯއަށް ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި
17 Oct 2026 ހަބަރު

އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯއަށް ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި

އާންމުންނަށް ވޯޓުލެވޭނީ "ޕީއެސްއެމް އެއަރ" އެޕްލިކޭޝަނުންނެވެ. ވޯޓުލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު، ބުރާސްފަތި ދުވަހުގެ ދަންވަރު 00:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަށް 60،000 ރުފިޔާގެ އިނާމެއް ދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ

އިންވަސްޓަރުންނަށް ބިރުދެއްކުމާއި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ: ސައީދު
17 Oct 2026 ހަބަރު

އިންވަސްޓަރުންނަށް ބިރުދެއްކުމާއި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ: ސައީދު

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކުރިމަގަށްޓަކައި އިންވެސްޓަރުންނަށް އަމާޒުކޮށްގެން ކުރާ މިފަދަ އަމަލުތައް ހުއްޓާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް
17 Oct 2026 ހަބަރު

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް

މިދިޔަ އަހަރު ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، މި އަހަރު ނިމޭއިރު ވެސް އެ އަދަދާ އެއް ހަމައަކަށް ވާސިލުވެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން 'އަހާ' ފޯރަމްގައި ވިދާޅުވެފައިވެއެވެ.

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ
17 Oct 2026 ހަބަރު

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ވަގުތު ކުރިއަށް ދަނީ ޖެޓީގެ ތަނބުތައް ބެހެއްޓުމާއި ދަގަނޑު އެޅުމުގެ މަސައްކަތްތައް ކަމަށެވެ. މި ދެ މަރުހަލާ ނިމުމާ އެކު، އަންނަ ހަފުތާ ތެރޭގައި ޖެޓީގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް
17 Oct 2026 ހަބަރު

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް

ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ އެ ސައިކަލް ހައިވޭގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ފުލުހުން ޖަހާފައިވާ ބެރިކޭޑުގައި ޖެހުމަށްފަހު، އެވަގުތު ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ވަނީ ބާރަށް ޖެހިފައެވެ.

އަހަރުގެ މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ
17 Oct 2026 ހަބަރު

އަހަރުގެ މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެންސްޕާއަށް ކުރި ހޭދަ 503 މިލިއަން ރުފިޔާއަށް ވުތރެ އިތުރުވެފައިވާކަމަށް ދައްކައެވެ. މިއަހަރު އެންސްޕާއަށް ފާސްކޮށްދީފައިވަނީ، 3.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް
17 Oct 2026 ހަބަރު

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް

މި އެކްސިޑެންޓްގައި ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނުނުއިރު، ސައިކަލު އޮތީ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. މި ހާދިސާ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.