ތުލުސްދޫ ގިރާ ސަރަހައްދު/ ފޮޓޯ: ވޮއިސް
ތުލުސްދޫ ގިރާ ސަރަހައްދު/ ފޮޓޯ: ވޮއިސް
ރިޕޯޓް 30 Oct 2022 | 10:35

ރަށްގިރުމުގެ މައްސަލަ: ތުލުސްދޫގެ ރައްޔިތުންނަށް އެތައް ގެއްލުމެއް!

ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތާއި، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ ނުރަނގަޅު އަސަރުތަކުގެ ސަބަބުން ބައެއް ރަށްރަށަށް މި މައްސަލަ ދިމާވާ މިންވަރު އިތުރުވެގެން ދެއެވެ.

އެގޮތުން ކ ތުލުސްދޫއަކީވެސް ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. އަދި ރަށްގިރަމުން ދިއުމާއި ގުޅިގެން ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހިފައިވާ ރަށެކެވެ.

މަސް ކައްކަން ބޭނުންކުރާ ސަރަހައްދަށް ބޮޑު ގެއްލުމެއް

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވޮއިސްއަށް ކިޔައިދިން ގޮތުގައި އެ ރަށުގައި މަސްކައްކާ ހިއްކުމަށް ބޭނުންކުރާ ސަރަހައްދަށް ރަށްގިރުމުގެ ސަބަބުން ވަނީ ބޮޑު ގެއްލުމެއް ލިބިގެން ގޮސްފައެވެ.

އެ ރަށަށް ވޮއިސް ޓީމުން ކުރި ޒިޔާރަތުގައި އެ ސަރަހައްދު ވާނީ ބަލާފައެވެ. އެގޮތުން ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތަށް މަސް ހިއްކުމަށް ބޭނުންކުރާ އިމާރާތުގައި ވަރަށް ބޮޑަށް ރެނދުއަޅާ ހަލާކުވެފައިވާ ކަން ފާހަގަކުރެވުނެވެ. އަދި އޭގެ އިތުރުން މަސް ހިއްކުމަށް ބޭނުންކުރާ ސަރަހައްދު ގިރަން ފަށާފައިވާއިރު ލޮނުގަނޑު އެ ހިސާބަށް ދިޔަވެފައި ވާތަން ފެނިގެން ދިޔައެވެ.

ރަށްގިރުމުގެ ސަބަބުން އެ ރަށަށް ދިމާވާ މައްސަލަތައް ފާހަގަކުރައްވާ ކައުންސިލްގެ ރައީސް ވިދާޅުވީ ޒަމާނުއްސުރެ ތުލުސްދޫގެ ރައްޔިތުން މަސް ހިއްކާ ކެއްކުމުގެ މަސައްކަތް ކުރަމުން އައި އިމާރާތް މިހާރު ހުރީ ވެއްޓެން ކައިރިވެފައިކަމަށެވެ.

ތުލުސްދޫ މަސް ސެންޓަރު ހަލާކުވެފައިވާ ތަނާއި ގުޅޭ މައުލޫމާތު ކައުންސިލް ރައީސް ދެއްވަނީ 

"ތުލުސްދޫގެ މަސް ސެންޓަރު އެއީ ގާތްގަނޑަކަށް މީގެ 18 އަހަރު ކުރިން ތުލުސްދޫގެ ރައްޔިތުންގެ ވެގެން ހަދާފައި ހުރި ތަނެއް، މި އިމާރާތް ބޭނުންކުރަމުން އަންނަނީ ތުލުސްދޫއަށް ބާނާ ހުރިހާ މަހެއް ލޮނު ލުމާ، މަސް ކެއްކުމާއި ހިއްކުމާއި މި ހުރިހާ ކަމަކަށް ބޭނުން ކުރަމުން އަންނަ އިމާރާތެއް، އެހެން ނަމަވެސް މިހާރު މިތަން ގިރަމުން ގޮސް މި ސަރަހަދުގެ ގިނަ އަދަދެއްގެ ރުށްގަސް ވެއްޓި އެންމެފަހުން އިމާރާތުގެވެސް ބޮޑު ބައެއް ތަޅައިގެންގޮސް މިހާރު ބޮލަށް ވެއްޓެން ކައިރިވެފައި އެ ހުރީ"

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ

މިހާތަނަށް އައިރު އެފަދަ ދެވަނަ އިމާރާތެއް ތުލުސްދޫގައި ނެތް އިރު، ރަށްގިރުމުގެ ސަބަބުން މަސް ސެންޓަރަށް ލިބެމުންދާ ގެއްލުމުގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކުލީފެއް ކުރިމަތިވަމުން އަންނަކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވުން

ތުލުސްދޫއަކީވެސް ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ރަށެކެވެ. އެހެން ނަމަވެސް ރަށުގެ ގުދުރަތީ ވެށި ހަލާކުވެގެން ދިއުމަކީ ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހެކެވެ.

ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރަތްކުރަނީ ގުރުދަތީ ރީތިކަން ބަލާލުމުގެ އިތުރުން ރަށް ފުށުގެ ދިރިއުޅުން ތަޖުރިބާކޮށްލުމަށެވެ.

ރަށްގިރުމުގެ މައްސަލަ ދިމާވާ ރަށްރަށުގއި ފަތުރުވެރިނަންނަށް އެމީހުން އެންމެ ހިތްހަމަ ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ދަތި ކަމަކަށް ވާނެއެވެ.

ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް ތުލުސްދޫއަށްވެސް އެކިވަރުގެ ގޮންޖެހުން ކުރިމަތިވެފައިވާކަން ރަށު ކައުންސިލްގެ ރައީސް ފާހަގަކުރައްވައެވެ. އެގޮތުން ރަށްގިރުމުގެ މައްސަލައަކީ ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް އެ ރަށަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އިތުރުވާ ބޮޅެއްގެ ގޮތުގައި ކައުންސިލުން ސިފަކުރެއެވެ.

އެކަމަށް އޮތް އެންމެ ބޮޑު ހުރަހެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރަނީ ކުނީގެ މައްސަލައެވެ. ކުނި ނައްތާލާނެ އެކަށިގެންވާ ނިޒާމެއް ގާއިމްނުކުރެވި މުޅި ރަށް ގޮނޑަކަށް ބަދަލުވަމުންދާ ދިއުމެވެ.

އެއާއެކު ރަށްގިރުމުގެ މައްސަލައަށް ހައްލެއް ނުލިބި އޮތުމަކީ ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް އިތުރު ހުރަސްތައް ކުރިމަތިވާކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވައެވެ.

ތުލުސްދޫ ގިރާ ސަރަހައްދު 

ރަށްގިރުމުގެ މައްސަލައަށް ސަރުކާރުން ދެނީ ބީރު ކަންފަތެއް

ތުލުސްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ އާއި ގުޅޭގޮތުން އެ ރަށު ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށްގިރުމުގެ މައްސަލައަކީ ކައުންސިލަށް ހައްލުކޮށްދެވޭ ވަރަށް ބޮޑު ބޮޑު މައްސަލައެއްކަމަށެވެ.

އެފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ބޭނުންވާނެކަަން އޭނާ ފާހަގަކުރެއްވިއެވެ.

އެއާއެކު ވިދާޅުވީ މިހާތަނަށް އެ ކައުންސިލް މެދުވެރިވެގެން ކުރެވުނު މަސައްކަތުން އެކަށިގެންވާ ނަތީޖާއެއް ނެރެވިފައި ނުވާކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކުގެ އެއްބާރުލުންވެސް އެންމެ އެކަށިގެންވާ ގޮތުގައި ނުލިބޭކަމަށް ރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މިކަމަކީ ހަގީގަތުގައި ކައުންސިލަށް ހައްލު ހޯދޭނެ ކަމެއް ނޫން. ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވުޒާރާތަކަށް އަޅުގަނޑުމެން މި ކަންކަން ހައްލު ހޯދައިދިނުމަށް އެދިފައިވާނެ. ނަމަވެސް މިއަދާއި ހަމަޔަށް އައިރު، މިއިން އެއްވެސް ކަމަކަށް ހައްލު ނުލިބި އިމާރާތް މިހާރު މޫދަށް ވެއްޓިގެން ދަނީ"

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ރަށްގިރުމުގެ ސަބަބުން، އެ ރަށުގެ ގޮނޑު ދޮށުގައި ހެދިފައިވާ އުމުރުން ދުވަސްވީ އެތައް ރުށް ގަސް ގެއްލިފައިވާކަމަށެވެ. އަދި އެއީވެސް އެ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރަށްގިރުމުގެ ސަބަބުން ގަސްތަކަށް ބޮޑެތި ގެއްލުމެއް ލިބިފައިވާ މަންޒަރު ފެންނަ ފޮޓޯއެއް 

"ތިމާވެއްޓާއި ބެހޭ ވުޒާރާއެއް ރާއްޖޭގައި އެބަ އޮވޭ، އެކަމަކު މިތަނުގައި ގިނަ އަދަދެއްގެ ރުށް ގަސް 50 އަހަރުވީ ގަސް ރުށް، 100 އަހަރުވީ ގަސް ރުށް އެހީ ގިނަ އަދަދެއްގެ ރުށްތައް، އުމުރުން ދުވަސްވީ ގިނަ އަދަދެއްގެ ރުށްތައް ވަނީ މިހާރު ވަނީ ފައިބައިގެން ގޮސްފައި، ނަމަވެސް މިއަދާއި ހަމަޔަށް އައިރުވެސް މިޔަށް ހައްލެއް ނުހޯދޭ"

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ

ރަށްގިރުމުގެ މައްސަލައަކީ ތުލުސްދޫއަށް ދިމާވެފައިވާ ވަރަށް ބޮޑު އިޖްތިމާއީ މައްސަލައެއްގެ ގޮތުގައި އެ ރަށުގެ ކައުންސިލުން ފާހަގަކުރެއެވެ. އަދި އެއީ އެރަށުގެ އިގްތިސާދަށްވެސް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވައެވެ.

އެއާއެކު ކައުންސިލުން ވަނީ މި މައްސަލަތަކަކީ ކުޑަ ކަމެއް ކަމަށް ނުދެކުމަށް އެދިލައްވާފައެވެ. އަދި އެ ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވާދެއްވުމަށްވެސް ތުލުސްދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި
22 Oct 2026 ހަބަރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި
17 Oct 2026 ހަބަރު

ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި

ކައުންސިލުން ކުއްޔަށް ދޫކުރި ބިންތަކުން ލިބެންޖެހޭ ފައިސާގެ މައްސަލާގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް 1.8 މިލިއަން ރުފިޔާ ލިބެންޖެހޭކަމަށެވެ.

މާލެ އަތޮޅު ކައުންސިލުން ދޫކުރި ލޯނުތަކުގެ މައުލޫމާތު ހިމެނޭ ފައިލް ގެއްލުނު މައްސަލައެއް
29 Aug 2026 ހަބަރު

މާލެ އަތޮޅު ކައުންސިލުން ދޫކުރި ލޯނުތަކުގެ މައުލޫމާތު ހިމެނޭ ފައިލް ގެއްލުނު މައްސަލައެއް

މާލެ އަތޮޅު ކައުންސިލުން ދޫކޮށްފައިވާ ގިނަ އަދަދެއްގެ ލޯނުތައް އަނބުރާ ނުލިބި ދިގުލައިގެންގޮސްފައިވާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިމިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރ...

ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
06 Aug 2026 ހަބަރު

ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި

ކ. ތުލުސްދޫގައި ޤާއިމުކުރާ އިސްރަށްވެހިންގެ ހިޔާވަހި މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން މަޝްރޫޢުގެ ސައިޓް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީ...

ތުލުސްދޫއިން އެހެން ބަޔަކަށް ގޯތި ދޭނީ އެރަށު ރައްޔިތުންނަށް ގޯތި ކަށަވަރުކުރުމަށްފަހު: ރައީސް
28 Oct 2025 ހަބަރު

ތުލުސްދޫއިން އެހެން ބަޔަކަށް ގޯތި ދޭނީ އެރަށު ރައްޔިތުންނަށް ގޯތި ކަށަވަރުކުރުމަށްފަހު: ރައީސް

ކ.ތުލުސްދޫއަށް އެހެން ބަޔަކު ގެނެސް އާބާދުކުރާނަމަ، އެކަންކުރާނީ އެރަށުގެ ރައްޔިތުންނަށް ގޯތި ކަށަވަރުކުރުމަށްފަހުކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ތުލުސްދޫއަކީ ރާއ...

އަމްފާއިން ކ. އަތޮޅު ތަޢުލީމީ މަރުކަޒާ ގުޅިގެން މުދައްރިސުންނަށް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި
11 Oct 2025 ހަބަރު

އަމްފާއިން ކ. އަތޮޅު ތަޢުލީމީ މަރުކަޒާ ގުޅިގެން މުދައްރިސުންނަށް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އޭއެމްއެފްއޭ) އާއި ކ. އަތޮޅު ތަޢުލީމީ މަރުކަޒު (ކޭއޭއީސީ) ގުޅިގެން މުދައްރިސުންނަށް އަމާޒުކޮށްގެން  ގުޅޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަނެއް ބާއްވައ...